
ފާއިތުވެދިޔަ ހަތަރު އަހަރުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މި ސީޒަނުގައި މާބޮޑަށް ދަށްވީ ކާމިޔާބު ހޯދަން ކުޅުންތެރިން ގަދަ އަޅައި މަސައްކަތް ނުކުރުމުން ކަމަށް މިޑްފީލްޑަރު އިކާއީ ގުންޑޮގަން ބުނެފި އެވެ. ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރަކީ ސިޓީގެ އެންމެ ކާމިޔާބު ކެޕްޓަނެވެ. އަދި އޭނާ އަކީ ސިޓީގެ އެންމެ ކާމިޔާބު ސީޒަން ކަމަށްވާ 2023 ވަނަ އަހަރަށް ފަހު ބާސެލޯނާ އަށް އެއް ސީޒަން ކުޅެދީފައި މި ސީޒަނުގައި އަނެއްކާ ވެސް ސިޓީއާ ގުޅުނު ކުރީގެ ކެޕްޓަން އެވެ.
އުމުރުން 34 އަހަރުގެ ގުންޑޮގަން ބުނީ އަށް އަހަރު ސިޓީ އަށް ކުޅެ، ފަހު ދެތިން އަހަރު ކެޕްޓަންކަން ކުރުމަށްފަހު އޭނާ ބާސެލޯނާ އަށް ދިޔައިރު އޮތް ޓީމަށްވުރެ މި ސީޒަން ފެށިއިރު އޮތް ސިޓީގެ ޓީމުގެ މަސައްކަތުގެ ރޭޓު ދަށް ކަމަށެވެ. “ވަރަށް ގިނަ ކުޅުންތެރިން އިންޖަރީވި. ހާއްސަކޮށް (ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ) ރޮޑްރީ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ކާމިޔާބު ހޯދަން ބޭނުންވެގެން އެކަމަށް ކުރެވުނު މަސައްކަތް މަދީ. ގަދަ އަޅައި މޮޅުވާން ކުރި މަސައްކަތް ދަށްކޮށް ދިޔައީ ކުޅުންތެރިންގެ ފަރާތުން. އަނެއްހެން ބުނާނަމަ ޓެކްޓިކްސް އަށް މަސައްކަތް ކުރުމަށްވުރެ ޕޮޒިޝަން ހިފަހައްޓައިގެން އެމީހަކު ހުރި ތަނެއްގައި ހުންނަތަން ފެނުނީ،” ގުންޑޮގަން ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ޓީމަށް ގެނައި ބަދަލުތަކަށް ފަހު ހާއްސަކޮށް ޒުވާން ކުޅުންތެރިން ގެނައުމުން ސީޒަނުގެ ފަހު ބައިގައި ސިޓީގެ ފަރާތުން ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށެވެ. “ހާއްސަކޮށް އަހަރެން ބުނާނީ މާޗު މަހު ގައުމީ ޓީމުގެ މެޗުތަކަށް ފަހު ޓީމަށް ކުރިއެރުން ލިބިއްޖެކަމަށް. އޭގެ ހެއްކެއް އެފްއޭކަޕުގައި އަހަރުމެން ފަހަތުން އަރައި މެޗު ކާމިޔާބު ކުރުން. މިހާރު ޓީމުން އެބަފެނޭ ކުރިއެރުންތަކެއް،” ގުންޑޮގަން ބުންޏެވެ. ސިޓީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް މިހާރަކު ނެތެވެ. ނަމަވެސް އިނގިރޭސި ޕްރެމިއާ ލީގުގައި ބާކީ އޮތް ހަތް މެޗުން މޮޅުވެ ކޯޗު ޕެޕް ގާޑިއޯލާ އުއްމީދު ކުރަނީ ސިޓީ އަނެއްކާ ވެސް ޔޫރަޕުގެ އެންމެ ވަރުގަދަ މުބާރާތުގައި ކުޅޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
