
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޑުއާޑޯ ކަމަވިންގާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ އަކުންނެވެ. ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން, ރެއާލް މެޑްރިޑް އިން މި މެޗުގައި ލަނޑު ޖަހާ ލީޑު ނެގިތާ ހަތަރު މިނިޓު ފަހުން އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ އޭނާ ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
އަލަވޭޒްގެ އެންޓޯނިއޯ ބްލެންކޯ އަށް ކުރި ފައުލަކާއި ގުޅިގެން ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް ރަތް ކާޑެއް ދައްކާފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އާސެނަލް އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ މުހިންމުކަން ބޮޑުކަމުން ކޯޗު ކާލޯ އެންޗެލޮއްޓީ މި މެޗު ފަށާފައިވަނީ ވިނިޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންހަމް ފުރަތަމަ ޓީމުގައި ނުހިމަނައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ރެއާލް މެޑްރިޑް އިން ކުޅެމުންދިޔައިރު އެކަމުގެ ފައިދާ ނަގާ އަލަވޭޒް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް ރެއާލްގެ ގޯލަށް އަމާޒުކޮށްފަ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާއަށް ވަނީ ނުރައްކާތެރި ހަ ހަމަލައެއް ދިފާއުކުރަން ޖެހިފަ އެވެ.
މި މެޗުގެ 70 ވަނަ މިނިޓުގައި އަލަވޭޒްގެ މާނޫ ސަންޗޭޒް އަށްވެސް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ 31 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އަލަވޭޒް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ކިލިއަން އެމްބާޕޭ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި މެއި 11 ވަނަ ދުވަހު ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވެގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
