
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ. މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ 32 މެޗުން 76 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބާކީ ކުޅެން އޮތް ހަ މެޗުން ފަސް ޕޮއިންޓް ކަށަވަރުކޮށްގެން ލިވަޕޫލް އަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. ވެސްޓްހޭމް ޔުނައިޓެޑަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ޕާހަކުން ލުއިޒް ޑިއާޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ލިވަޕޫލް އިން ލަނޑެއް ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ވެސްޓްހޭމްގެ މުހައްމަދު ކުޑޫސް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ކީޕަރު އެލިސަން ވަނީ ބްލޮކްކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ. އަދި މެޗުގެ ދެވަނަ ހާފުގައިވެސް ކުޑޫސްގެ އިތުރުން ޖެރޮޑް ބޮވެން ފޮނުވާލި ދެ ހަމަލައެއް އެލިސަން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ލީޑު ފުޅާކުރުމަށް ލިވަޕޫލް އަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިޔާ ކައިރިން އެ ޓީމަށް ލިބުނު ހިލޭ ޖެހުން އެލެކްސިސް މެކަލިސްޓަރ ފޮނުވާލުމުން އެ ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ވެސްޓްހޭމް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 86 ވަނަ މިނިޓުގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި މެޗު އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ލިވަޕޫލް އަށް ލިބުނު ކޯނަރަކުން ޑިފެންޑަރ ވެންޑައިކް ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއިން ފޮނުވާލައިގެން މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މި ސީޒަނަށްފަހު ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ވެންޑައިކް ވަނީ މިދިޔަ ހަފްތާގައި އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރަމުންދާކަމަށް ބުނެފަ އެވެ. އަދި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އައު އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
