
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އޮތް ފުރުސަތު ހަނިވެއްޖެ އެވެ. މި މެޗު އެއްވަރުވުމާއިއެކު ޗެލްސީއަށް ލީގުގައި މިހާތަނަށް ކުޅެފައިވާ 32 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް އަށް 57 ޕޮއިންޓް ލިބިފައިވާއިރު ނިއުކާސަލް ޔުނައިޓެޑަށް ވަނީ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 55 ވަނީ ލިބިފަ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި އިޕްސްވިޗްގެ ބެން ޖޯންސަން ނަގައިދިން ހުރަހަކުން ޖޫލިއޯ އެންކީސޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ޗެލްސީން މެޗުގެ ކުރީކޮޅު ރަގަޅަށް ކުޅުނު ނަމަވެސް އިޕްސްވިޗް އިން ލަނޑު ޖެހުމާއިއެކު އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް އައިތަންވަނީ ފެނިގެންގޮސްފަ އެވެ. އަދި ފުރަތަމަ ލަނޑު ޖެހިތާ 22 މިނިޓު ފަހުން ބެން ޖޯންސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ފަހަތަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އަޑަރަބިއޯޔޯގެ ބަދަލުގައި މާލޯ ގަސްޓޯ ވަނީ ކުޅެން އަރުވާފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އިޕްސްވިޗްގެ އެކްސެލް ޓުއަންޒޭބޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ ކުޑަވެފަ އެވެ. މި މެޗުގެ ނަތީޖާ ޗެލްސީއަށް އެއްވަރުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭޑަން ސަންޗޯ މެޗުގެ 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
