
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް އިސްލާހު ގެނެސްފި އެވެ. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން، ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު، އެކަމަށް އެދި ހުށަހަޅާ ހުއްދައާ އެކު، ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެ އެވެ.
އޭގެ ތެރޭގައި އުޅަނދު ގުދަން ކުރުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއަކާއި އުޅަނދު އެެތެރެކުރާ މީހާގެ އައިޑީކާޑާއި ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހިމެނެ އެވެ. ހެވީ ވެހިކަލެއް ނަމަ މެނުފެކްޗާ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އާއި އެކްސްޕޯޓް ސެޓްފިކެޓު އަދި ބޭނުންކޮށްފައިވާ ޑީރެޖިސްޓާޑް އުޅަނދެއް ނަމަ އެ ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ. ގަވާއިދުގައި ބުނީ، އުޅަނދު ބާއްވާ ތަނަކީ އުޅަނދު ބޭއްވުމަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަދީފައިވާ ގަރާޖަކަށް ވާން ޖެހޭ ކަމަށާއި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
އެކަމަކު އެ ލިޔުންތައް ހުށަހެޅިޔަސް ހުއްދަ ދޫކުރާނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށް ގަވާއިދުގައިވެ އެވެ. އާ އިސްލާހުގައި ވަނީ، ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށް ނުދެވޭނެ އުމުރުތައް ވެސް ކަނޑައަޅައިފަ އެވެ.
ރަޖިސްޓްރީކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުގެ އުމުރު:
– ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
– އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
– އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
– އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
– އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.
އެ އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ރާއްޖެ އަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައި ވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެެެއްގަމު އުޅަނދުފަހަރު، އެ ގަވައިދުގެ އެނެކްސް 6 (މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ހުއްދަ ދިނުމާއި ރަޖިސްޓްރީ ކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބޭ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
