
މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން ސްކޮލަޝިޕަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ. ޝަހީމް ވިދާޅުވީ، އިސްލާމީ އިލްމުގެ މުހިއްމު ތަފާތު ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކަކަށް ހުޅުވާލާނެ ކަމަށެވެ. އަދި މެޑިސިން ދާއިރާއިން ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން ނެތް މުހިއްމު ދާއިރާތަކުން ވެސް އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އެނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް މާލީ އެހީ ފޯރުކޮށްދޭން އިއުލާންކުރާނެ އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ އެހީތެރިކަމާ އެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަސްރެއް ކަމަށެވެ. މީގެ ދަށުން ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. މި ހަފްތާގައި ސްކޮލަޝިޕަށް ހުޅުވާލަން ނިންމިއިރު މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން އެހީދޭނެ ގޮތްތައް އިތުރުކޮށް، އާ އުސޫލެއް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކޮށްފަ އެވެެ. ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ. ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް ވެސް ދޭނެ އެވެ.
ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި؛
– މާލީ ފުދުންތެރިކަން ނެތުން.
– ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުން.
– ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން.
– ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން.
ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސްޕްލާންޓާއި ބޯން މެރޯ ހެދުމާއި ފުއްޕާމޭގެ ކެންސަރު ފަދަ ބޯޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
