
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. މިދިޔަ ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 179 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވްގެ އިތުރުން ރަސްމީ ރިޒާވް ވެސް ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓު ދަށަށް ވެއްޓިފަ އެވެ. މާޗް މަހުގައި ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެއީ ފެބްރުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 40 މިލިއަން ދަށް އަދަދެކެވެ. އެ މަހުގެ ރަސްމީ ރިޒާވް ގައި 832 މިލިއަން ޑޮލަރު ހުއްޓެވެ.
ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ވެއްޓުމަށް ފަހު، ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕުން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ. ކަރެންސީ ސްވޮޕާ އެކު، މިދިޔަ ތިން މަހުގެ ރިޒާވް ވެސް ވަނީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
