
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވް ގޭސް)
ގޭސް ގަތުމުގެ އެއްވެސް މަސްއޫލިއްޔަތެއް އެ ކުންފުނީގެ ދަށުން ނުނަގާ ކަމަށާއި ގޭސް ގެނައުމުގެ ހުރިހާ މަސައްކަތްތެއް ކުރަނީ މޯލްޑިވް ގޭހުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ. މޯލްޑިވް ގޭހުން ގޭސް ގެންނަން ދުބާއީގެ ކުންފުނި، ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ނުލިބި ދިގުލައިގެން ދިޔަ މައްސަލައަށް ފަހު ގޭސް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯ އިން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް އަބްދުﷲ ވިދާޅުވީ، އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ވާތީ، ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ މައި ކުންފުނީގެ އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.
“އަޅުގަނޑުމެން ޕްރޮކިއުއާ ކުރާ ހުރިހާ ކުންފުނިތަކާއި ހުރިހާ ކަމެއް އެސްޓީއޯއަކުން ނުބައްލަވާނެ. މިނިވަން ކުންފުންޏެއްގެ ގޮތުގައި މިތަން ހިނގަނީ،” އޭނާ ވިދާޅުވި އެވެ. އަބްދުﷲ ވިދާޅުވީ، އޭނާ މޯލްޑިވް ގޭހާ ހަވާލުވުމުގެ މާ ކުރިން، ކުރީ ސަރުކާރުގެ ދުވަސްވަރު، އެސްޓީއޯ މެދުވެރިކޮށް ގޭސް ގެންނަން ޖެހޭނެ ކަމަށް ބޯޑުން ފާސްކޮށްފައިވާ ނިންމުމެއް އޮތް ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ނިންމުމަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު އެގޮތަށް ބޯޑުން ނިންމާފައިވަނީ ގޭސް ޝިޕްމެންޓްތަކުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
“އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ހަވާލުވިފަހުން ހިނގާފައި އޮތް ކަމެއް ނޫން،” އޭނާ ވިދާޅުވި އެވެ. ޖަކްޝާ އެނާޖީއަށް ދެއްކި 3.7 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި، ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާ އެވެ. އަބްދުﷲ ވިދާޅުވީ މި މުއާމަލާތުގެ މައްސަލަ ބަލައި އޮޑިޓް ވެސް ކޮށްފައިވާ އިރު އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަވާނެ ކަމަށެވެ. އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ގާނޫނީ ފިޔަވަޅު އަޅައިގެން ކުރިއަށްދާ އިރު މި މަސް ނިމުމުގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ޖާކްޝާ އެނާޖީ އިން މޯލްޑިވް ގޭހަށް އަންގާފައިވާ ކަމަށްވެ އެވެ.
މޯލްޑިވް ގޭހުން ކޮންމެ މަހެއްގެ ވެސް ގޭހުގެ ސްޓޮކް ގެންނަނީ، ލޮކްޑް މެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއެއްގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
