
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަނުން މިިދިޔަ ފެބްރުއަރީ މަހު ވަނީ އެއާބަސް ހޯދުމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ އިއުލާން ބާތިލުކޮށް އަލުން ކުރި އިއުލާންގައި ބުނީ އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މަތިންދާބޯޓު ފޯރުކޮށްދޭން ބޭނުންވާ ފަރާތަކުން އެކަމަށް އެދި މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށާއި މަތިންދާބޯޓުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ބިޒްނެސް ކްލާހުގައި މަދުވެގެން 20 ސީޓު ހުރުން ހިމެނޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ.
ގައުމީ އެއާލައިނަށް ފުރަތަމަ ފަހަރަށް އޭ-330 މަތިންދާބޯޓެއް ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި މަތިންދާބޯޓު ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަންގެ އެ މަތިންދާބޯޓަކީ އެއްވެސް ތަނަކު ނުޖައްސާ 13،000 ކިލޯމީޓަރަށް ސީދާ ދަތުރުކުރުމުގެ ކެޕޭސިޓީ ލިބިފައިވާ މަތިންދާ ބޯޓެކެވެ. އެ މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނެެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި، ފްރިމިއަމް އިކޮނޮމީ 36 ގޮނޑި، އިކޮނޮމީ ކުލާހުގައި 210 ގޮނޑިއާއެކު ޖުމްލަ 264 ގޮނޑިއެވެ.
މަތިންދާބޯޓުން ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
