
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި އެއާޕޯޓުގެ ހުރިހާ ހިދުމަތްތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 59 އަހަރުގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކޮށް، އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ހިދުމަތްތެރީންނަށް ޝުކުރު ދަންނަވާ ކަމަށެވެ. “އުފާވެރި އަހަރީ ދުވަހަކަށް އެދެން.” ރައީސް ވިދާޅުވިއެވެ.
އެއާޕޯޓްގެ 59 ވަނަ އަހަރީ ދުވަސް މިއަދު ފެށީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކާއެކުގައެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ސްޓޭކްހޯލްޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމް.އޭ.ސީ.އެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދެން pic.twitter.com/xNeVZLhcjJ
— Dr Mohamed Muizzu (@MMuizzu) April 12, 2025
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފައެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވި އެންމެން ވަނީ ހުޅުލޭގައި ހިނގާލުމެއް ބާއްވާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާފައިވަނީ 1966 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އެއާޕޯޓް ހުޅުވައްދެއްވީ އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރެވެ. އޭގެ ފަހުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިޔަކު ޒިޔާރަތް ކުރީ 1972 ގައެވެ. އަދި ވީއައިއޭ ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ނަމުގައި ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއް އުފެއްދީ 1994 ގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާ ޓާމިނަލްގެ މަސައްކަތެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އޮކްޓޯބަރު މަހު އެ ތަން ހުޅުވުމެވެ. ޓާމިނަލް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އެއާ އެކު، ގާތްގަނޑަކަށް 1،800 މުވައްޒަފުން އިތުރުކޮށް އާ އެއާލައިންތަކަށް އެއާޕޯޓުން ޖާގަ ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
