
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރުން އިސްކަންދެއްވުމުންވެސް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފެނިގެންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފެނިގެން މިދަނީ ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފައިސާ ނުލިބި އެތަށް އަހަރަކަށް ފެށުން ލަސްވެފައި އޮތް މި މަޝްރޫޢަށް ރައީސްގެ ވެރިކަމުގައި އަހައްމިއްޔަތުކަން ދެއްވައި ބީއެމްްއެލް އިސްލާމިކް އިން ފައިސާ ހަމަޖެހިގެން ދިޔަކަމީ އުފާވެރިކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ވަޒީރު ވަނީ އައިޔޫއެމްއަށާއި ބީއެމްއެލް އިސްލާމިކަށް ވެސް ތަހުނިޔާ ދަންނަވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައިޔޫއެމް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މި މަޝްރޫޢޫގެ ކުރިއަށްގެންދިއުމަށް ހުޅުމާލެއިން ބިމެއް ރެޖިސްޓްރީ ކުރީ 2019ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި މަޝްރޫޢުއަށް ކޮންޓްރެކްޓަރު ހަމަޖައްސާ އެކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 22ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޤްފް އިމާރާތް٫ސަނާބިލްއަކީ ރާއްޖޭގައި އިސްލާމީ ފައިނޭންސްގެ ތެރެއިން ތަޢުލީމީ މުވައްސަސާއަކަށް ސުކޫކު އިޝޫކޮށްގެން ބިނާކުރާ ފުރަތަމަ ބިނާއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 7 ފަންގިފިލާއަށް އިމާރާތްކުރާ ވަޤްފް އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއާޔަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް @MMuizzu ޑރ. މުއިއްޒަށް މަރުޙަބާ ދަންނަވަން. ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެން މިދަނީ. pic.twitter.com/VJOibKXNXZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 12, 2025
“މިކްސްޑް-ޔޫޒް ކޮމްޕްލެކްސް” އެއް ގޮތަށް ބިނާކުރާ މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ. މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ. މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
