
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ސަރުކާރާއި އެމްއެމްޕީއާރުސީން ކުރާ މަސައްކަތްތަކަށް ސިނާޢަތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީގެ އެމްޑީ މިހެން ވިދާޅުވީ، މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވީ، އެއެސޯސިއޭޝަނާއި އެމްއެމްޕީއާރުސީ ގުޅިގެން ބަންގްލަދޭޝް އާއި އަޒަރްބައިޖާންގައި ބޭއްވި ފެއާތައް ކާމިޔާބުކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް އެ އެސޯސިއޭޝަންއާއި ގުޅިގެން އިތުރު ފެއަރތަކަކާއި ރޯޑް ޝޯރތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ޝިއުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގެސްޓްހައުސް ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތައްވެސް ކުރިއެރުވޭނީ ހަމައެކަނި ސަރުކާރުން ނުވަތަ އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތަކުން ނޫންކަމަށާއި، ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް ގުޅިގެން އެފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށެވެ. “ޓޫރިޒަމް ޕްރޮމޯޓްކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަމައެކަނި އެމްއެމްޕީއާރުސީއަށް ކުރެވޭނެކަމެއްނޫން. މިއީ ހަމައެކަނި މިނިސްޓްރީއަކަށްވެސް ކުރެވޭނެކަމެއް ނޫން. މިކަމުގައި އެންމެންގެ އެއްބާރުލުން ލިބިގެން މި ސިނާއަތަށް ބޮޑު ކުރިއެރުންތައް ލިބޭނީ” ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމާއި ބޭހޭ ވުޒާރާއާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވިގެންދާކަމަށާއި އަދި ކުރިއަށްއޮތްތާގަވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ކޮމިއުނިޓީ ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލުން ފާހަގަކޮށް، އެމްއެމްޕީއާރުސީގެ އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މާލެ އަތޮޅު މާފުށީ ކާނި ގްރޭންޑް ސީވިއު ގެސްޓްހައުސްގައި ބޭއްވި މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވޭތުވެދިޔަ އަހަރު އެއެސޯސިއޭޝަނުން ހޯދާފައިވާ ކުރިއެރުންތަކާއި، މާލީ ހިސާބުތައް އަދި އެ އެސޯސިއޭޝަންގެ ކުރިމަގާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. މި ޖަލްސާގައި ގެސްޓްހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑްވެސް ހަވާލުކޮށްފައެވެ. މި އެވޯޑުތައް ހަވާލުކޮށް ދެއްވީ ކުރީގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމްއެވެ.
މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން، އެންއެޗްގޭންގެ އަހަރީ އާންމު ޖަލްސާގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން އާއި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު، ކާނި އަބްދުﷲގެ އިތުރުން އެންއެޗްގޭމްގެ އިސްވެރިންނާއި ބައެއް ގެސްޓްހައުސްތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
