
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙް، އެ ސަހަރުގެ އެހެން ސަރަޙައްދުތަކާ ވަކިކޮށްފިއެވެ. ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި ޣައްޒާގެ އެހެން ރަށްތަކާ ގުޅޭ ރޮނގު އެ މީހުުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި، ސިފައިންނާއި ބަރު ހަތިޔާރު ބޭނުން ކޮށްގެން ހުރަހެއް ބިނާ ކޮށްފައެވެ. މިއީ، ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ވެރިވެގަތުމަށް ޔަހޫދީ ސިފައިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހިންގާފައިވާ ޖަރީމާއެކެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މި ވަގުތު ދަނީ ރަފަޙަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. ބޭނުމަކީ ރަފަޙްގައި ދިރިއުޅޭ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން ވަޒަނުން، ނެރެ އެ ސަރަޙައްދަށް އަތްގަދަ ކުރުމެވެ. އަދި، އެއީ، ސަލާމަތީ ސަަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެއަށްފަހު، ރަފަޙާ އިންވެގެން އޮތް ޚާން ޔޫނިސްގެ ބައެއް ސަރަޙައްދުތައް ހުސް ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައެވެ. މިއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދެމުންދާ ރޮކެޓު ޙަމަލާތައް ހުއްޓުވުމުގެ ބޭނުމުގައި އަޅާފައިވާ ފިޔަވަޅެއް ކަމުގައި ޔަހޫޫދީ ފައުޖުން ބުންޏެވެ.
ޔަހޫދީން ހުސް ކުރުމަށް އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޚާން ޔޫނިސްގެ ޤަޔިޛާން އަލް-ނައްޖާރީ، ޤަޔިޛާން އަބޫ ރަޝްވާން، އަލް-ސަލާމް، އަލް-މަނާރަތު، އަލް-ޤުރަޔިނު، މަޢަނު، އަލް-ބަޠަނު އަލް-ސަމީން، ޖައްރަތު އަލް-ލަވްޠު އަދި އަލް-ފައްޚާރިއްޔުގެ އިތުރުން ބަނީ ސުހަޔިލާ ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަލް-މަވާސީއަަށް ދަތުރު ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައެވެ. އަދި، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޔަހޫދީ ސިފައިން ދަނީ އެ ސަރަޙައްދުތަކަށް ވެސް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙަމާސުން ވަނީ މި ކަން ކުށްވެރިކޮށް ބަޔާނެއް ނެރިފައެވެ. އަދި، އިސްރާއީލުގެ ޢާންމު ރައްޔިތުންގެ އެދުމާ ޚިލާފަށް ޣައްޒާ ޢުދުވާން މެދުކެނޑައިލުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
“މި ކަމަށް އޮތް ހައްލު ވަރަށް ސާފު: އަސީރުން މިނިވަން ކުރާނީ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމުން. މުޅި ދުނިޔެ ވެސް މި ހުށަހެޅުން ޤަބޫލު ކުރޭ، ހަމައެކަނި އިންކާރު ކުރަނީ ނަތަންޔާހޫ. ޝަހީދު ކޮށްލާފައިވާ ޣައްޒާގެ ކުޑަކުދިންގެ ފުރާނައާއި، މަރުވެފައިވާ އަސީރުންގެ ފުރާނައިގެ ޒިންމާ އުފުލަން ޖެހޭނީ ނަތަންޔާހޫ. މިއީ، ވެރިކަމުގައި ދެމިހުރުމަށް އޭނާ ހިންގާ ޖަރީމާއެއް،” ޙަމާސުން ބުންޏެވެ. ޣައްޒާގެ ތިންބައިކުޅަ ދެ ބައި ބިން މި ވަގުތު އޮތީ ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި، އެ ސަހަރުގެ 2.1 މިލިޔަނެއްހާ މީހުންގެ އާބާދީ މި ވަގުތު ދިރިއުޅެމުން ދަނީ ބާކީ އޮތް ސަރަޙައްދުތަކުގައި ތޮށްޖެހިފައިވާ ހާލަތުގައެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ވަނީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގެ ރައްޔިތުން ހައިހޫނަށް ހުށަހެޅިފައިވާއިރު، އެ ސަހަރަށް ބޭސްފަރުވާގެ ސާމާނާއިން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,500އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
