
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ޢުމާނުގައި ކުރިއަށް ގެންގޮސްފިއެވެ. އެ މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ އެދެވޭ ގޮތަކަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. 2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ޓްރަމްޕް އީރާނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީއަށް ފޮނުއްވި ސިޓީއެއްގައި އީރާނަށް ނިއުކްލިޔަރ ހަތިޔާރު ލިބުން ހުއްޓުވުމުގެ މަޤްސަދުގައި އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ފަހުން، އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ. ޢުމާން މެދުވެރިވެ ދެ ޤައުމުގެ ދެމެދުގައި މިހާރު ފަށާފައިވާ ނުސީދާ މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ ރަސްމީ މަޝްވަރާތައް ފެށުމުގައި ޢަމަލު ކުރާނެ ގޮތަކާމެދު ދެ ފަރާތުން އެއްބަސްވުަމަކާހަމައަށް އަައުމަށް ގާތްވެފައިވާ ކަމަށެވެ. އަންނަ ހަފުތާގެ ތެރޭގައި އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ފެށޭ ހަފުތާގެ ތެރޭގައި ކުރާ މަޝްވަރާތަކުގައި ގެންގުޅޭނެ އުސޫލުތަކާމެދު އެއްބަސްވެވިއްޖެ ނަމަ ރަސްމީ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މިއީ ޓްރަމްޕްގެ ސަރުކާރަކާއެކު އީރާނުން މަޝްވަރާ ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2017ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރާ ހަމައަށް ވެސް ޓްރަމްޕް އެމެރިކާގެ ވެރިކަން ކުރައްވާފައިވާއިރު އީރާނުން ޓްރަމްޕްގެ ސަރުކާރާއެކު މަޝްވަރާ ކޮށްފައެއް ނުވެއެވެ. މަޝްވަރާތަކާ ގުޅޭގޮތުން ޢަރާޤްޗީ ވިދާޅުވީ ވާހަކަތައް ކުރިއަށް ގެންގޮސްފައި ވަނީ އުފެއްދުންތެރި، މަޑުމައިތިރި އަދި އެދެވޭ މާހައުލެއްގައި ކަމަށެވެ. ދެ ފަރާތުން ވެސް މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވާ ކަމަށާއި ދެ ޤައުމުން ވެސް ބޭނުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެކަނި މަޝްވަރާ ކުރުމުގެ ނަމުގައި ވާހަކަ ދެކެވެން ނޭދޭ ކަމަށް ވެސް ޢަރާޤްޗީ ވިދާޅުވިއެވެ. މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާއިން މިހާތަނަކަށް ވަކި އެއްޗެސް ބުނެފައެއް ނުވެއެވެ.
ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ކުރުމަށް ޓްރަމްޕް ޝަރުތު ކުރެއްވި ނަމަ ވެސް ހޮނިހިރު ދުވަހުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އީރާނުން ބޭނުންވި ގޮތަށް ޢުމާން މެދުވެރިކޮޮށް ނުސީދާކޮށެވެ. ދެ ޤައުމުގެ ދެ ވަފުދު ދެ ކޮޓަރިއެއްގައި ތިބެ ކުރިއަށް ގެންދިޔަ މަޝްވަރާގައި ދެ ފަރާތުގެ ވާހަކަތައް އެއް ވަފުދުން އަނެއް ވަފުދަށް ފޯރު ކޮށްދެމުން ދިޔައީ ޢުމާނުގެ ޚާރިޖީ ވަޒީރު ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ ވިދާޅުވެފައެވެ. ޢަރާޤްޗީ ވިދާޅުވީ ކުޑަ ވަގުތު ކޮޅަކަށް އޭނާގެ ވަފުދާ އެމެރިކާގެ ވަފުދު ބައްދަުވެފައިވާ ކަމަށެވެ. ޓްރަމްޕްގެ މެދުއިރުމައްޗަށް ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެެމެރިކާގެ ވަފުދާއި އީރާނުގެ ވަފުދާ ބައްދަލުވެފައި ވަނީ 2.5 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާަތައް ނިންމަވާލައްވާފައި ނިކުތް ފަހުން ކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ. ދެ ފަރާތުން އެ ގޮތަށް ބައްދަލުވެފައި ވަނީ ޢުމާންގެ ޚާރިޖީ ވަޒީރުގެ ހާޒިރުގައި މަދު މިނެޓު ކޮޅަކަށް ކަމަށާއި އެ ބައްދަލުވުން ބިނާވެފައި ވަނީ ސީޔާސީ ޢަދަބުތަކުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢުމާންގެ މަސްދަރަކުން ބުނީ މިހާރު ކުރަމުންދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ސަރަޙައްދީ ނުތަނަވަސްކަން ފިލުވައި ޤައިދީން ބަދަލު ކުރުމުގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވުތައް އުވާލުމާ ގުޅޭ ބައެއް އެއްބަސްވުންތައް ޤާއިމު ކުރުމަށް ކަމަށެވެ. އޭގެ ބަދަލުގައި އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު މަޑުޖައްސައިލަން އެ ޤައުމަށް ޖެހޭނެއެވެ. ނަމަވެސް ބަޣާއީ ވަނީ މިއީ މަޝްވަރާގައި ވާހަކަ ދެކެވުނު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގޯހީ ކޮން ވާހަކަތަކެއް ކަމެއް ސާފު ކޮށްދެއްވައިފައެއް ނުވެއެވެ. ޢުމާނަކީ ހުޅަނގުގެ ޤައުމުތަކާއި އީރާނާ ދެމެދު މަޝްވަރާ ކުރުމަށް މެދުވެރިއެއްގެ ގޮތުގައި އަބަދު ވެސް މަސައްކަތް ކުރާ ޤައުމެކެވެ. މީގެ ކުރިން ވެސް އީރާނުގެ ބެލުމުގެ ދަށުގައި ތިބި ގިނަ ޢަދަދެއްގެ ބޭރުގެ ރައްޔިތުންނާއި ދެ ޤައުމުގެ ރަށްވެރިކަން އޮންނަ މީހުން އެ ޤައުމުން ބޭރު ކުރުމަށް ޢުމާނުން އެހީތެރިވެފައިވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އީރާން އޮންނަ ސަރަޙައްދުގައި ގިނަ ހަމަނުޖެހުންތަކެއް އުފެދި ޙަމަލާ ބަދަލުކުރުން އެކަށީގެންވެއެވެ. އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަވަށްޓެރި ޤައުމުތަކުން އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމަށް އެހީތެރިވެއްޖެ ނަމަ އެ ޤައުމުތަކުން އޭގެ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޢަރާޤްޗީ ވިދާޅުވީ އިބްތިދާއީ އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުޞަތު އޮތީ އީރާނާ ހަމަހަމަ ބައިވެރިއެއްގެ ގޮތެއްގައި އެމެރިކާއިން މަޝްވަރާތައް ކުރިއަށް ގެންދާ ނަމައެވެ. އީރާނުގެ ރޫހީ އިސްވެރިޔާ ޚާމަނާއީ އަކީ އީރާނުގެ ފަރާތުން އާޚިރުގައި ފަހު ބަސް ބުނާ އިސްވެރިޔާ ނަމަ ވެސް އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތަކުގައި އޭނާ ޢަރާޤްޗީއަށް ފުރިހަމަ ބާރު ދެއްވާފައިވާ ކަމަށް އީރާނުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
