
(ފޮޓޯ ކްރެޑިޓްސްް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް، ޢުދުުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށިފަހުން މިހާަތަނަށް ޝަހީދު ކޮށްލި މީހުންގެ ޢަދަދު 1،560އަށް އަރައިފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 21 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެއާއެކު، ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން އަލުން ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1.563އަށް އުފުލިފައެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ މައުސޫމް ކުޑަކުދިިން ހިމެނެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހުން ފެށިގެން މިހާތަނަށް 50،933 މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެ 116,045 މީހުންނަށް ޒަޚަމް ވެފައިވާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ ތުއްފާޙް އަވަށަށް ޙަމަލާތައް އަމާޒުކޮށް ބަޔަކު ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާތަަކުގައި ދެ ކުޑަކުދިންނަށް ޒަޚަމުވެފައިވެއެވެ. އޭގެ އިތުރުން ބައިތު ލާޙިޔާގެ އަލް-ޢަޠާޠުރަށް ދިން ޙަމަލާތަކުގައި ވެސް ދެ މީހުން ޝަހީދުވެފައިވެއެވެ. އައި ޤީޒާނުއްނައްޖާރު ސަރަޙައްދަށް ދިން ޑްރޯން ޙަމަލާއެއްގައި ވެސް އެކަކު ޝަހީދުވެފައިވެއެވެ. އަލް-މަވާސީ ސަރަޙައްދުގައި ހުރި ޢާަންމުން ދިރިއުޅޭ ފޭލިގެތަކަށް ދިން ވައިގެ ޙަމަލާތަކެއްގައި ވެސް އިތުރު ބަޔަކު ޝަހީދުވެފައިވެއެވެ. އެ ސަރަޙައްދަކީ ޔަހޫދީން ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ.
ޣައްޒާގެ ޙަރަކާތްތެރިވާ އަލްޖަޒީރާގެ ރިޕޯޓަރެއް ކަމަށްވާ ޙިންދު ޚައުދަރީ މަޢުލޫމާތު ދިން ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި ކުޑަކުދިންގެ ތެރޭގައި އަލަށް އުފަންވި ކުއްޖެއް ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާއެއްގައި ޒަޚަމްވެ އެ ކުއްޖާގެ އަތް ބުރިވެފައިވާ ކަމަށާއި އެ ކުއްޖާގެ ޙާލަތު ގޯސްވުމުގެ ސަބަބުން އޭގެ ގަޑިއިރުތަކެއް ފަހުން އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ މަޢުލޫމާތު ދިނެވެ. ޙަމަލާތަކުގުގައި ޒަޚަމްވެގެން ހަސްފަތާލުތަކަށް ގެންނަ މީހުންގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ ތަރުޖަމާނު ރަވީނާ ޝަމްދާސަނީ ވިދާޅުވީ މާރިޗު މަހުގެ 18ވަނަ ދުަވަހާއި އޭޕްރިލް މަހުގެ 9ވަނަ ދުވަހާ ދެމެދު ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާގެ ގޮތުގައި ރެކޯޑު ކޮށްފައިވާ 224 ޙަމަލާގެ ތެރެއިން 36 ޙަމަލާގައި މުޅިން ވެސް ޝަހީދުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޙައްޤުން ބުނީ އދގެ ހޯދުންތަކުން އެ ޖަމްޢިއްޔާއަށް މީގެ ކުރިން ފާހަގަވެފައިވާ ކަމެއް ޔަޤީންވާ ކަމަށެވެ. ޔަހޫދީން ކަނޑައެޅިގެން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ އަންހެނުންނާއި އަންހެން ކުދިންނާއި ފިރިހެން ކުދިންނާއި އަލަށް އުފަންވާ ކުދިން ނަސްލުހޭދު ކުރުމަށް ކަމަށާއި މިއީ ފަހުގެ އެއްވެސް ހަމަނުޖެހުމެއްގައި ފެނިފައިވާ ކަމެއް ނޫން ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އދގެ ފަލަސްޠީނުގެ ރައްޔިތުންނަަށް އެހީތެރިކަން ފޯރު ކޮށްދޭ އދގެ ޖަމުޢިއްޔާ ކަމަށްވާ އުންރުވާގެ އިސްވެރިޔާ ފިލިއްޕެ ލަޒާރިނީ ތުރުކީވިލާތުގަ ކުރިއަށްދާ އަންތާލްޔާ ޑިޕްލޮމަސީ ފޯރަމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޣައްޒާގެ ޙާލަތު ވަރަށް ގޯސް ކަމަށާއި ޔަހޫދީން ޣައްޒާގެ ރައްޔިތުން ކަތިލަމުންދާ ކަމަށެވެ. މިދިޔަ މާރިޗު މަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ބޭހާއި އެހެނިހެން އަސާސީ ސާމާނު ވެއްދުމަށް ޔަހޫދީން ހުރައސްއަޅަމުންދާ ކަމަށާއި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އުންރުވާގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ޖޫލިއެޓް ތޫމާ ވެސް ވަނީ ޣައްޒާގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ޣައްޒާގައި ހުރި އަސާސީ ސާމާނު ހުސްވަމުންދާ ކަމަށާއި ތުއްތުކުދިންނާއި ކުޑަކުދިން ރޭގަނޑު ނިދަނީ ބަނޑުހައިހޫނުކަމުގެ މަތީގައި ކަމަށެވެ. އުންރުވާއިން ބުނި ގޮތުގައި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް އަލުން ފެށިފަހުން 400،000އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް ވަނީ ދިރިއުޅެމުންދިޔަ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. ރައްކާތެރި ކަމަށް ޔަހޫދީން ބުނެފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް ޣައްޒާގެ ހުރިހާ ސަރަޙައްދަކަށްހެން ޔަހޫދީން ޙަމަލާ ދެމުންދާއިރު ޣައްޒާގެ ރައްޔިތުން ތިބީ ސަލާމަތްކަން ހޯދުމަށް ދާނެ ތަނެއް ނޭނގި ބެދިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
