
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މާރޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ދީފައިވާ ތަފާތު 36 ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އެންމެނަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކޮމިޝަނަރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން ބުނީ، އޭގެ ތެރޭގައި ހިމެނެނީ މާރިޗު 18އާއި އޭޕްރިލް 9އާ ދެމެދު ދީފައިވާ ތަފާތު 36 ޢުދުވާނީ ޙަމަލާއެއް ކަމުގައެވެ. އެ އިދާރާއިން ބުނީ، ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ އެކު ޣައްޒާގެ ހުރިހާ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އެ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްސަދާނީ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޣައްޒާގެ ޢާންމުން ދިރިއުޅޭ އިމާރާތްތަކާއި ފޭލިގެތަކަށް އަމާޒުކޮށް ތަފާތު 224 ޙަމަލާއެއް ދީފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. “އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއަށް ކަށަވަރު ކުރެވިފައިވާ ޙަމަލާތަކުގެ ތެރެއިން ތަފާތު 36 ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އެންމެނަކީ ވެސް އަންހެނުންނާއި ކުޑަކުދިން،” އޭނާ ހާމަކުރެއްވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ ފުރަބަންދު ވެސް ހަރުކަށި ކޮށްފައެވެ. އަދި، މާރިޗު 2ވަނަ ދުވަހަށް ފަހު، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މީގެ އިތުރުން ބޭސްފަރުވާރަށް ބޭނުންވާ ސާމާނާއި އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ. އަދި، އިންސާނިއްޔަތާ ޚިލާފު ޖަރީމާއެކެވެ.
“ޣައްޒާއަށް އެއްވެސް ވަރަކަށް އެހީ އެތެރެ ނުކުރެވޭތާ މިހާރު މަހެއްހާ ދުވަސް ފާއިތުވީ. ކާބޯތަކެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ނެތް. އިންސާނީ އެހީގެ އެއްވެސް އެއްޗެއް ނެތް،” އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ. “[ކުރިން އެތެރެ ކޮށްފައި ހުރި] ހުރިހާ އެހީއެއް ހުސްވެއްޖެ، ބިރުވެރިކަމުގެ ދޮރާށިތައް ހުޅުވިއްޖެ. ޣައްޒާއަކީ ގަތުލުގެ މައިދާނެއް—މަރު ނޫން އިތުރު ކަމެއް ޣައްޒާގެ ރައްޔިތުންނަކަށް ކުރިމައްޗެއް ނުވޭ.”
400،000އަށްވުރެ ގިނަ މީހުން ވަޒަނުން ބޭރުކޮށްފި
އޭޕްރިލް 11ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 15 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި އެއް ޢާއިލާއެއްގެ 10 މެންބަރުން ހިމެނެއެވެ. މީގެ ކުރިން ފެނިފައި ނުވާ ދަށު ދަރަޖައަކަށް ޣައްޒާގެ ހާލަތު ވެއްޓިފައިވާ ކަމުގައި ޝަމްސަދާނީ ވިދާޅުވިއެވެ. އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ވެސް ވަނީ ޣައްޒާގެ މުސްލިމުންނަށް ޔަހޫދީ ކުރިމަތި ކުރުވާފައިވާ ނިކަމެތި ހާލަތު ކުށްވެރި ކޮށްފައެވެ. އެ އިދާރާއިން ބުނީ، މާރިޗު 18އަށް ފަހު ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާ ގުޅިގެން 400,000އަށްވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ.
އެ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އޮލްގާ ޗެރެވްކޯ ވިދާޅުވީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ފެނުގެ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވާ ކަމުގައެވެ. އަދި، އެއާ އެކު ޣައްޒާގެ ނިކަމެތީންނަށް ގައިންތާހިރު ވާނެ ގޮތްތައް ހުސްވެފައިވާ ކަމުގައެވެ. ޙަމަލާތަކުގައި ގެއްލުންދީފައިވާ ފެނުގެ ނިޒާމު އަލުން މަރާމާތު ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަން ވެސް ޗެރެވްކޯ ހާމަކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އޯސީއެޗްއޭން މިހާރު ދަނީ ލޮރީ ފަދަ އުޅަނދުފަހަރު ބޭނުން ކޮށްގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސާފު ފެން ލިބޭނެ ގޮތެއް ނެތި، ގައިންތާހިރު ވާނެ ގޮތް ހުސްވުމާ އެކު ނުރައްކާތެރި ހަމުގެ ބަލިތައް އިތުރުވާން ފަށާފައިވާ ކަމަށާއި، އެތަކެއް ސިއްޙީ މައްސަލައެއް ކުރިމަތިވަމުންދާ ކަމުގައި ޗެރެވްކޯ ވިދާޅުވިއެވެ. “ފާއިތުވި 40 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެއްވެސް ވަރަކަށް އެހީއެއް ނުވަދޭ. އޭގެ މާނައަކީ، [އޯސީއެޗްއޭގެ] ހުރިހާ އެއްޗެއް ދަނީ ހުސްވަމުންނޭ،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
