
ސްޕެނިޝް ލީގުގައި ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅުނު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ހޯދައިފިއެވެ. ރެލިގޭޝަނުގެ ބިރު ހީވެފައިވާ ލެގަނޭސްއާ ދެކޮޅަށް ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ލެގަނޭސް 31 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.
ބާސެލޯނާ އިން މި މެޗު ކޮންޓްރޯލް ކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލި ނަމަވެސް އެ ޓީމަށް ވަނީ ލެގަނޭސްގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ލެގަނޭސްގެ ޑިފެންޑަރ ޖޯޖް ސައެންޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑަކީ ރަފީނިއާ ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ ހަފްތާގައި ބޮރޫޝިޔާ ޑޯޓްމުންޑާއި ދެކޮޅަށް ނިކުތް ޓީމުން ދެ ބަދަލެއް މި މެޗުގައި ފެނުނު ނަމަވެސް އެ ޓީމަށް ވަނީ ލެގަނޭސްގެ ޑިފެންސް ލައިން ފޫއަޅުވާ ލެވޭ ގޮތް ނުވެފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
