
(ފޮޓޯ ކްރެޑިޓްސް: ކޮންސްޓްރަކްޝަން މިނިސްޓްރީ)
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަނިވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެކި ފަރާތްތަކާ އެކު ސޮއިކޮށްފައިވާ ކަމަށާއި އެ ކަމުގައި ހުރި ދަތިތައް ރައްޔިތުން ގަބޫލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ އެދިވަޑައިގެންފި އެވެ. ގދ. ފިޔޯރީގެ ބަނދަރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ރިކަރަންޓު ހަރަދަށް މިހާރު ވެސް 40 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި އެހެންވެ ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމުން އަބަދުވެސް ޖެހެނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަން ކަމަށެވެ.
އެހެންވެ، ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ބޮޑެތި ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ލޯނު ނެގުމުގައި ރާއްޖެ އަށް ދަތިތައް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. “އެ ކަންތައް ރައްޔިތުން ގަބޫލު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެން މަޝްރޫއެއް ހިންގަން ބޭނުންވާއިރު، ގޮސްފައި ބޭނުން ވަގުތަކު ލޯނު ނަގައިގެން އައިސް ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެ ވަރަަކަށް ލޯނެއް ނުލިބޭ،” އޭނާ ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓަރު ވިދާޅުވިގޮތުގައި ސަރުކާރުން މަޝްރޫއުތައް ހިންގަން ޖެހެނީ ދުރާލާ ރާވައިގެން ވަރަށް ގިނަ ފަރާތްތަކަކާ ގުޅިގެންނެވެ. އެކަމަކު، އެއީ ރައްޔިތުންނަށް ފެންނާނެ ކަމެއް ނޫން ކަަމަށް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ކޮންސްޓްރަކްޝަން މިނިސްޓްރީ)
“ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ތެރެއިން ވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއުގައި މިހާރު ވެސް ސޮއިކުރެވިފައި އެބަހުރި. މި ދެންނެވީ އަޅުގަނޑުމެންނަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް މަޝްރޫއުތަކުގެ އަދަދު ހަމައެކަނި [ކޮންސްޓްރަކްޝަން] މިނިސްޓްރީގައި އެބަހުރި. ކުރަމުން އެބަދޭ،” އުފަން ރަށް ފިޔޯރީގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވި އެވެ. “އެކަން ކުރާ ނަމަ އެކަން ކުރެވޭނީ އެ ސަރުކާރެއްގެ ތެރެއިން ވަަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން. ރައްޔިތުންނަށް ފެންނާނީ މަޝްރޫއުތައް ކުރިއަށް ދާ ތަން. އެހެން ނަމަވެސް އެ މަޝްރޫއުތައް އެ ހިސާބަށް އަންނަނީ ހަގީގަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން. ދޭދޭ ގައުމުތަކުގެ މެދުގައި ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވިގެން.”
އެ ހުރިހާ ކަމެއް އެހެން ހުރުމުން މިނިސްޓަރު މުއްތަލިބު އެދިވަޑައިގަތީ ރައްޔިތުންގެ އެއްބާރުލުމަށާއި ސަރުކާރަށް ވެސް ކުރިމަތިވާ ގޮންޖެހުންތައް ގަބޫލު ކުރުމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ 550 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ހިންގަން މި ފަހުން ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރިން ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، މި އަހަރާއި އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ނިމުމަކާ ހަމައަށް ދާނެ އެވެ. މިދިޔަ މަހާއި މި މަހު ވަރަށް ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ކޮންސްޓަރަކްޝަން މިނިސްޓްރީ)
ފިޔޯރީ ބަނދަރު އަލުން ހެދުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ އިއްޔެ ހަވާލުކުރީ 38 މިލިއަން ރުފިޔާ އަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާ ބަނދަރު ފުންކުރުމާއި ބަނދަށް ވަންނަ ނެރު ފުންކުރުމާއި ރޭމްޕް ހެދުމާއި ބެލް ފިލް ކުރުމާއި ރިވެޓްމަންޓާއި އެއްގަމު ތޮށްޓާއި މަގުބައްތި އާއި ނެރު ބައްތި ޖެހުމާއި މޫރިންގް ރިންގް ހަރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު މުއްތަލިބު އިއްޔެ ވިދާޅުވީ، ފިޔޯރީ ބަނދަރު އަލުންހަދަނީ “ރައްކާތެރި” ބަނދަރެއްގެ ގޮތުގައި ކަމަށާއި ކަނޑުގަދަ ދުވަސްވަރު މިހާރު އެ ބަނދަރަށް ލޯންޗުތައް ކައިރި ކުރުމަކީ ދަތިކަމަކަށް ވިޔަސް ކުރިމަގުގައި އެ މައްސަލަ ވެސް ހައްލު ވާނެ ކަމަށެެވެ.
“އެހެވީމާ އެހެން ރަށްރަށުގައި އޮންނަ ފަދަ ރައްކާތެރި ބަނދަރެއް އިރާދަކުރެއްވިއްޔާ މި ރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން މިދަނީ،” އޭނާ ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
