
މާލެ ދަތުރުކުރަނިކޮށް ރޯވި “ހޮޅުދޫ ބޯޓު” އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ކޯޓު މެދުވެރިކޮށް ސާބިތުކުރުމަށް ފަހު އަންނަ ހަފްތާގައި އޭނާގެ ކަށުނަމާދު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މުޝްފިގުގެ އުފަން ރަށް، ލ. މާވަށުގައި މިއަދު މެންދުރު ނަމާދަށް ފަހު އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަން ނިންމި އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވަނީ ކަނޑަށް ގެއްލޭ މީހުންގެ މަރާ މެދު ގޮތް ނިންމާނީ ގާޒީ ކަމަށް ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ހިއްސާ ކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއަދު އޭނާގެ ކަށުނަމާދު ނުކުރާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށް ފަހު އަންނަ ހަފްތާގެ ހުކުރަށް ކަށުނަމާދު އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ. އަދި އޭނާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި އިންތިޒާމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
“ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ އެވެ،” މިނިސްޓަރު ފޮނުއްވި މެސެޖުގައިވެ އެވެ.

(ފޮޓޯ ކްރެޑިޓްސް: ސޯޝަލް މީޑިއާ)
މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ހެޔޮލަފާ ކުއްޖެއް ކަން ޝަހީމް ފާހަގަކުރެއްވި އެވެ. އަދި އޭނާއަކީ އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާ ގެއްލުމަކީ އާއިލާގެ އިތުރުން އެ ބޭފުޅުންނަށް ވެސް ލިބުނު ހިތާމައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. “އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެކެވެ. މާތްﷲ ގެ ރަހުމަތް ތަނަވަސް ވެގެން ވެ އެވެ.”
ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރާ ކަމަށް ޝަހީމް ރޭ ވިދާޅުވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މޫސާ “މިހާރު” އަށް އިއްޔެ ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށާއި އޭނާ ދެން ފެންނާނެ ކަމަށް އާއިލާއަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. މުޝްފިގު ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވެ އެވެ. އެކަމަކު މުޝްފިގު ހޯދުމުގެ މަސައްކަތް އަދި ހުއްޓައެއްނުލަ އެވެ. “މުޝްފިގުގެ ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމާ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން،” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. މުޝްފިގަކީ ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދިޔަ ޒުވާނެކެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާ އަދާކުރަމުން އައި އޭނާ ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
