
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ. އެއާޕޯޓުގައި އެންމެ ދުވަސްވީ އެއް އިންފްރާސްޓްރަކްޗާ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހުޅުލޭ އައިލެންޑް ހޮޓަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ އެ ތަނަކީ އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ އެވެ.
“ޓެކްސީވޭ ޗާލީ ރީބިލްޑް” ގެ ގޮތުގައި ފެށި އެ ޕްރޮޖެކްޓްގެ ދަށުން ރަންވޭ ޒަމާނީ ފެންވަރަކަށް ހަދާނެ އެވެ. އެ ރަންވޭގައި 3،200 މީޓަރު ހުންނަ އިރު، އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގަ އެވެ. އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތަކަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
އޭނާ ވިދާޅުވި ގޮތުގައި ޓެކްސީވޭ ޗާލީގެ މަސައްކަތް ހަވާލުކުރި ބީޔޫސީޖީ ކުންފުންޏާ އެކު އެމްއޭސީއެލްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުން އަންނަތާ 10 އަހަރުވެއްޖެ އެވެ. އަދި އެ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް، ވީއައިޕީ/ސީއައިޕީ ޓާމިނަލް، ކާގޯ ޓާމިނަލް އަދި ފިއުލް ފާމްގެ މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އަމަލީ މަސައްކަތް އިއްޔެ ފެށި ޓެކްސީވޭ-ޗާލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާ ތަނެވެ. މި ޓެކްސީވޭއަށް ސުނާމީގައި ވަރަށް ބޮޑަށް ގެއްލުންވި އެވެ.
ޝަރީފް ވިދާޅުވީ އެ ތަނުގެ މަރާމާތުތައް އެކި ފަހަރުމަތިން ކުރިޔަސް ޓެކްސީވޭ އަލުން ހެދުމުގެ ބޭނުން ބޮޑުވެފައި އޮތް ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވި އެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
ޓެކްސީވޭގެ މަރާމާތު ކުރިއަށް ގެންދާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް(ބީޔޫސީޖީ)ގެ ޗެއާމަން ލީ ވެއިޑޮން އެ ރަސްމިއްޔާތުގައި ވިދާޅުވީ އެމްއޭސީއެލްއާ އެކު މަސައްކަތް ކުރި ދިހަ އަހަރު ތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށް ވުރެ، އިތުބާރުބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީޔޫސީޖީގެ ކޮންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައި ވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، އެ ޕްރޮޖެކްޓަށް ވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ޓެކްސީވޭ ނިމުމުން މިހާރަށް ވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި އެ މަސައްކަތް ނިމުމުން ފްލައިޓް ޓާން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް ވެސް ބުންޏެވެ. ޓެކްސީވޭ ޗާލީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރި އެންމެ ފުރަތަމަ ރަންވޭ އެވެ. އެ ރަންވޭ ވަނީ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ތަރައްގީކޮށްފަ އެވެ. އެއަށް ފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން ވަނީ މަރާމާތުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
