
މުލީއާގޭގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ. ރިޔާސީ ގަނޑުވަރުގެ އެންމެހާ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި ވަޒީރު އިޤްބާލް އާދަމް މިފަދައިން ވިދާޅުވެފައި މިވަނީ ޗެނަލް-13 ފަރާތުން މިމަހުގެ 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށްބުނެ ފަތުރާފައިވާ ޚަބަރަކާ ގުޅިގެންނެވެ.
ޗެނަލް-13ގެ ފަރާތުން ވަނީ ރައީސް ކޭން ބެއްލެވުމަށް މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށްބުނެ ރައީސްގެ ކަންކަމަށް މުލިއާގޭގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް ރިޕޯޓުކޮށްފައެވެ. މިކަމާގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރިޔާސީ ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި ވަޒީރު އިޤްބާލް އާދަމް ވަނީ ޗެނަލް-13 އިން ފަތުރާފައިވާ ޚަބަރު ދޮގުކުރައްވާފައެވެ. ވަޒީރު އިޤްބާލު ވިދާޅުވީ، މުލިއާގޭގެ ބަޖެޓުން ހޭދަކުރެއްވުމުގައި ފާއިތުވި މާޒީގައި ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަވާނެކަމަށެވެ. އަދި އެފަދަ ހުރިހާ ޚަރަދެއްވެސް ކުޑަވާނެގޮތަށް ބައްލަވައިގެން ކަންކަން ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އަބަދުވެސް ލަފާފުޅުދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުލިއާގޭގެ ޚަރަދުތައް ބަލަހައްޓަމުންދަނީވެސް އެ އުޞޫލުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ކަންކަން ކުރަނީވެސް އެމަނިކުފާނު ދެއްވި ލަފާފުޅާ އެއްގޮތްވާގޮތުގެ މަތިން. އެހެންވީމަ ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން.” މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވިއެވެ. ވަޒީރު އިޤްބާލް އާދަމް ވިދާޅުވީ، މިފަދަ ހަޤީޤަތެއް ނެތް ޚަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
