
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ތުރުކީވިލާތުގެ އިތުރުން ހަންގޭރިއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާ ބައްދަލުވުންތަކެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ އެ ޤައުމުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ. ތުރުކީވިލާތުގައި ކުރިއަށްދާ ޑިޕްލޮމަސީ ފޯރަމަކީ މިމަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ދަނީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަންނަވުންނެވެ.
ވަޒީރު ޑރ. ޚަލީލް ފުރަތަމަ ބައްދަލުކުރެއްވީ، ތުރުކީވިލާތުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއިއެވެ. މި ބައްދަލުވުމުގައި، ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. ޚާރިޖީ ވަޒީރު ދެވަނައަށް ބައްދަލުކުރެއްވީ އެ ޤައުމުގެ ސަޤާފަތާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއެވެ. މި ބައްދަލުވުމުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަށް ފަހިކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ޚާރިޖީ ވަޒީރު ވަނީ ހަންގޭރީގެ ޚާރިޖީ އަދި ވިޔަފާރިއާއި ބެހޭ ވަޒީރް ޕީޓަރ ސިއާރޓޯ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހަންގޭރީއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މި ގުޅުން ދަމަހައްޓައި، ވަރުގަދަ ކުރާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ އަރުވާފައެވެ. ޚާރިޖީ ވަޒީރު ތުރުކީވިލާތައް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން “ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް” ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
