
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު މިހާރު އެމައްސަލަ ހައްލުވަމުންދާކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސިއްޙީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންންގެ ބައްދަލުވުމުގައެވެ. ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ އަގާއި ބޭހުގެ ފެންވަރާ ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން އިސްކަން ނުދެއްވާ މިންވަރަށް މިސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯގެ މަސައްކަތް ހަރުދަނާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކާއެކު ބައެއް ލިބުމުގެ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެކަން ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ މިޙާރު ފެންނަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އެކަން ހައްލުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަމުގައިވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އދި މިހާރު ކުރެވޭ މަސައްކަތަކަށް ކުރިއެރުން ލިބެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“މި ސަރުކާރުގެ މަސައްކަތުން ބޭހުގެ ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެމަންޒަރު ފެންނާތީވެ. އެގޮތުން އަޅުގަނޑުމެން އަޅާފައި ހުރި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަކުރުން ހިމެނޭ” ވަޒީރު ނާޡިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ އިތުރުން، ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ގާބިލުކުރުމަށް އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށެވެ. އޭގެ އިތުރުން ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި ބޭނުންކުރާ އާސަންދަ ޕޯޓަލް އިސްލާހު ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުމާއި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަން ސަރުކާރުން އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންވަނީ ފާހަގަވެފައެވެ. އަދި އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ޚަރަދު ބޮޑު ނިޒާމެއް ޤާއިމުވެފައި އޮތްކަންވެސް އޭރު ވަނީ ފާހަގަވެެފައެވެ. މިކަން ހައްލުކޮށް ހަރުދަނާކުރުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
