
އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އިތުރު އަހަރަކު އެމެރިކާގެ އިންޓަ މިއާމީގައި މަޑުކުރަން މަޝްވަރާތައް ފަށައިފި އެވެ. މޭޖަ ސޮކާ ލީގުގައި ކުޅެމުން އަންނަ މިއާމީ އާއެކު 2023 ވަނަ އަހަރު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ މިހާރު މަޝްވަރާ ކުރަމުންދަނީ އިތުރު އެއް އަހަރަށް މި ކޮންޓްރެކްޓް އައު ކުރުމަށެވެ. ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ކޮންޓްރެކްޓް އައުކޮށްފިނަމަ މިއާމީގެ އައު ސްޓޭޑިއަމް ހުޅުވާއިރު ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ އޭނާ އެވެ. އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ބޮޑު ހިއްސާއެއް އޮންނަ ކުލަބުގެ މެޗުތައް މިހާރު ކުޅެމުންދަނީ 19000 މީހުންގެ ސްޓޭޑިއަމެއްގަ އެވެ. ނަމަވެސް 1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ކުލަބުން ދަނީ މިއާމީގެ ފްރީޑަމް ޕާކުގައި 25000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ބިނާކުރަމުންނެވެ.
އެމެރިކާ ލީގަށް ބަދަލު ވުމަށް ފަހު މެސީ ވަނީ މިއާމީ އަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދީފަ އެވެ. އޭނާ އައުމާއެކު ދުނިޔޭގެ ގިނަ ތަރިން ހާއްސަކޮށް އޭނާއާއެކު ސްޕޭނުގެ ބާސެލޯނާ އަށް ކުޅުނު ގިނަ ތަރިންތަކެއް ވަނީ މިއާމީ އަށް ކުޅެން ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި ބާސެލޯނާފެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ޖޯޑީ އަލްބާ އާއި ފޯވަޑް އުރުގުއޭގެ ލުއިސް ސުއަރޭޒް ހިމެނެ އެވެ. މީގެ އިތުރުން ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރަނީ ބާސެލޯނާ އަށް ކުޅުނު އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު އަދި އާޖެންޓީނާގެ ޖޫނިއާ ޓީމުގެ ހެޑް ކޯޗަކަށް އެންމެ ފަހުން މަސައްކަތް ކުރި ހާވިއާ މަޝެރާނޯ އެވެ.
މިއާމީ އަށް މެސީ ބަދަލުވުމާއެކު އެކުލަބަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ވެސް ލިބިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
