
މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ލިވަޕޫލާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއާއެކު ޔަގީނުން ވެސް ކުރިއަށް އޮތް ދެ އަހަރު އޭނާ ހުންނާނީ ލިވަޕޫލްގަ އެވެ. އެއީ 2027 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލާއެކު ސަލާހް ސޮއި ކުރި އެއްބަސްވުމުގެ ތަފްސީލަށް ދަމާ ހެއްޔެވެ. ލިވަޕޫލުގެ މިހާރުގެ މެނޭޖްމަންޓުން މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތަކީ އުމުރުން 30 އަހަރުގެ ކުޅުންތެރިއެއްނަމަ މުސާރަ ބޮޑުނުކޮށް އަހަރަކުން އަހަރަކުން ކޮންޓްރެކްޓް އައު ކުރުމެވެ. އެކަމަކު ކުލަބުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ލައްވައި ސޮއިކުރުވަން ލިވަޕޫލްގެ ގޯލްޑަން ރޫލްސް ނުވަތަ ރަނުގެ ގަވާއިދުތައް ވެސް ވަނީ މުގުރާލައިފަ އެވެ. އެހެންވިއްޔާ ހަގީގަތަކީ ކޮބާ ހެއްޔެވެ؟
އައު އެއްބަސްވުމުގެ ދަށުން 32 އަހަރުގެ ފޯވަޑް ވެގެންދާނީ ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. މި ސީޒަނުގެ ނިޔަލަށް ހަމަވާ އޭނާގެ ކޮންޓްރެކްޓްގައި ހަފުތާއަކު ލިބެނީ 350000 ޕައުންޑް (ހަތް މިލިއަން ސާޅީސް އަށް ހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ) އެވެ. ނަމަވެސް އައު ކޮންޓްރެކްޓްގެ ދަށުން ހަފިތާއަކު ހަތަރު ލައްކަ ޕައުންޑް (އަށް މިލިއަން ފަންސާސް ފަސް ހާސް އަށް ސަތޭކަ ފަނަރަ ރުފިޔާ) ލިބޭނެ އެވެ. މިއީ މެންޗެސްޓާ ސިޓީން އެ ކުލަބުގެ ކެޕްޓަން ކެވިން ޑެބްރޫނާ އަށް ވެސް ދޭ މުސާރަ އެވެ.
ޕްރެމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަކީ ސިޓީގެ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. އޭނާ އަށް ހަފުތާއަކު ފަސް ލައްކަ ޕައުންޑް ލިބެ އެވެ. ސަލާހަކީ މިހާރު ޕްރެމިއާ ލީގުގެ ދެ ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ އަށް ސިކުންތަކު 66 ޕައުންޑް ލިބޭނެ އެވެ. މިނިޓަކު 39.68 ޕައުންޑް ލިބޭނެ އެވެ. ގަޑިއިރަކަށް ލިބޭނީ 2381 ޕައުންޑެވެ. މިއީ ދުވާލަކު 57142 ޕައުންޑެވެ. ހަފުތާއަކު ހަތަރު ލައްކަ ޕައުންޑެވެ. މަހަކު އެއް މިލިއަން ހަތް ލައްކަ ތިރީސް ތިން ހާސް ތިން ސަތޭކަ ތިރީސް ތިން ޕައުންޑެވެ. އަހަރަކު 20.8 މިލިއަން ޕައުންޑެވެ.

އައު ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ސަލާހް ބުނީ 10 އަހަރު ވަންދެން ލިވަޕޫލަށް ކުޅެން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. “އަހަރެންގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަ މި ކުރީ ލިވަޕޫލްގައި. އަށް އަހަރު ވެއްޖެ އަހަރެން ކުޅޭތާ. މިހާރު 10 އަހަރު ކުޅެވޭނެ. އަހަރެންގެ ކުޅުމާއި ދިރިއުޅުން މިތަނުގައި އޮތުމުން ލިބެނީ ވަރަށް ބޮޑު އުފަލެއް،” ސަލާހް ބުންޏެވެ. އޭނާ އަދި ބުނީ ލިވަޕޫލްގައި ކުރިން ވެސް މިހާރު ވެސް ރަނގަޅު ޓީމެއް އެބައޮތް ކަމަށެވެ. މިހެންވެ ތަށިތަކެއް ހޯދިދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ކަމަށެވެ.
ރޯމާއިން 2017 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޅުންތެރިޔާ ވަނީ މިހާތަނަށް އަށް ތަށި ހާސިލްކޮށްފަ އެވެ. ލިވަޕޫލަށް ބަދަލުވުމަށްފަހު މިހާތަނަށް ކުޅުނު 394 މެޗުގައި 243 ގޯލު ޖަހައިދީފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީހުގައި އެކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން އަދި ކުލަބުގެ ތާރީހުގެ އެންމެ އަގުހުރި އެއް ކުޅުންތެރިޔާ އަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
