
(ފޮޓޯ ކްރެޑިޓްސް: މީރާ)
މާރޗް މަހު މީރާއިން 3.3 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު %15.1 އިތުރުއަދަދެކެވެ. މިއަހަރުގެ މާރިޗު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.1 އިތުރު އަދަދެކެވެ. އަދި މިއީ މާރިޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.2 އިތުރު އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މީގެ ސަބަބަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ޓެކްސް ދެއްކުމުގެ ސުންގަޑި 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހަށް ފަސްކުރެވިފައިވުމެވެ. މިގޮތަށް ފަސްކުރެވިފައިވަނީ އަސްލު ސުންގަޑި ދިމާވެފައިވަނީ ރަސްމީ ބަންދު ދުވަހަކާ ކަމަށްވާތީއެވެ. މީގެ އިތުރުން، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ ލިބުމުގެ ސަބަބުން ވެސް އާމްދަނީ އެކަށީގެންވާ މިންވަރަކަށް އިތުރުވެފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: މީރާ)
މާރޗް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި މާރިޗު މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މިކަމަށް އަސަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ސުންގަޑި 2025 ވަނަ އަހަރުގެ މާރޗް މަހަށް ބަދަލުކުރެވުމާއި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ (އެލްޕީއީއެފް) ލިބުމުގެ ސަބަބުންނެވެ. އެލްޕީއީއެފް ދައްކަނީ ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އެއީ ވަކި ޝެޑިއުލްއަކާ އެއްގޮތަށް ދައްކާ އެއްޗެއް ނޫނެވެ. މީގެ އިތުރުން، މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 6.9% އަކީ ކުރީގެ ޓެކްސް ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ލިބިފައިވާ އަދަދެވެ. މިކަމުގެ ސަބަބުން ލަފާކުރެވުނު މިންވަރަށްވުރެ މަހެއްގެ މައްޗަށް ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57 ނުވަތަ 1.9 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 384.3 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 270 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 186 މިލިޔަން ރުފިޔާ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ މާރިޗު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 174.23 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
