
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޚާއްޞަ ދަތުރުތަކެއް ކުރަން ނިންމައިފިއެވެ. މޯލްޑިވިއަނުން ވިދާޅުވީ، މެލޭޝިއާއަށް 3 ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މޯލްޑިވިއަނުން ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ކުރާނީ މިމަހުގެ 27، 29 އަދި 30 ވަނަ ދުވަހުއެވެ. މެލޭޝިއާއަށް 3 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރަމުންދާނީ މޯލްޑިވިއަންގެ ނެރޯބޮޑީ އެއަރބަސް އޭ320 އާއި ވައިޑްބޮޑީ އެއަރބަސް އޭ330 ކަމަށް އެ އެއަރލައިނުން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވާކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށްވެސް އެ އަރލައިނުން މަޢުލޫމާތުދެއެވެ.
We are thrilled to announce special direct flights between Malé and Kuala Lumpur! Enjoy seamless travel between Maldives & Malaysia. 🇲🇻 🔁🇲🇾
Seats are limited — book now! ✈️#MaldivianAero #MaleToKL #DirectFlights pic.twitter.com/YtlBe4thio
— MaldivianAero (@MaldivianAero) April 10, 2025
މޯލްޑިވިއަނުން މައުލޫމާތުދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ވިދާޅުވެއެވެ. މެލޭޝިއާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. އަދި ތަފާތު އެކު ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހީންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މެލޭޝިއާގެ ފަތުރުވެރިންވެސް ރާއްޖެއަށް އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 ސިޓީއަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑީ، ބެއިޖިންގ އަދި ޝަންހާއީއެވެ. މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް އޮތްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އަދި ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު ތައިލެންޑާއި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
