
(ފޮޓޯ ކްރެޑިޓްސް: މީރާ)
ޓެކްސް ނިޒާމުގެ ތެރެއިން ޓެކްސް ދާއްކާ ފަރާތްތަކަށްމިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް، އީ-އިންވޮއިސް ނިޒާމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.
މީރާއިން ދަނީ އެ އިދާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކަމާއިއެކު ޓެކްސް ދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ، މިހާރު މީރާއިން ކުރަމުންދާ އެންމެ މުހިންމު އެއްމަސައްކަތަކީ ހުރިހާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމަކީ ނިޒާމު އެންމެ ރަނގަޅަށް ފަސޭހަކަމާއި އެކު ހިންގޭނެ ގޮތް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަނެފައިވާ ކަމަށާއި މިރާއިންވެސް މަސައްކަތް ކުރަނީ އެފަދަ ނިޒާމެއް ގެނައުމަށް ކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވިއެވެ. “އަޅުގަނޑުމެން މިހާރު ފަށާފައި މިވަނީ ޑިޖިޓަލް ރޯޑް މެޕެއްގެ ތެރެއިން އީ އިންވޮއިސް ސިސްޓަމެއް ތަޢާރަފްކޮށް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް. މި ސިސްޓަމް ތަޢާރަފް ކުރެވުނީމަ ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ދިމާވާ ބައެއް ކަހަލަ މައްސަލަތައް ހައްލުކުރެވިގެންދާނެ. ދެން އަޅުގަނޑުމެންގެ މަސައްކަތުގެ ހަލުވިކަން ފެނިގެންދާނެ. ދެ ފަރާތައްވެސް ވަރަށް ފަސޭހަ ގޮތަކަށް މަސައްކަތް ހަމަޖައްސާލެވޭނެ” އަމީޒާ ވިދާޅުވިއެވެ.
މީރާގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން، މީރާގެ އޮންލައިން ޚިދުމަތްތަކަށް ބަދަލުތައް ދަނީ ގެންނަމުންނެވެ. އޭގެ ތެރެއިން އެންމެ ފަހުން ގެނެވުނު އެއް ބަދަލަކީ ގިނަ ޕޭމެންޓުތަކެއް ހަދަންޖެހޭ ފަރާތްތަކަށް އެއްފަހަރާ ޕޭމެންޓުތައް ހެދޭނެ ގޮތަށް ގެނައި ބަދަލެވެ. މީގެ ކުރިން އެފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ބަޔަކަށް ވަކިންނެވެ. މީގެ އިތުރުން ޖީއެސްޓީއަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ. މީރާއިން ވަނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މީރާއިން ދީފައިވާ ލުއިތަކާއެކު ދުރާލާ ޓެކްސް ބަޔާންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެއޮތޯރިޓީންވަނީ އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
