
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއިން “އެކުވެރި ރޯދަ 30″ގެ ނަމުގައި ހިންގި ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ. މިދިޔަ ރަމަޟާންމަހު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ތެރެއިން ޢުމްރާ ދަތުރުގެ ފުރުޞަތު 3 ފަރާތަކަށް ވަނީ ދީފައެވެ. “އެކުވެރި ރޯދަ 30″އަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނިން ހިންގައިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުޞަތު މީގެ ކުރިން ވަނީ ހުޅުވާލައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ޕްރޮމޯޝަންގައި ޢުމްރާގެ އަޅުކަމުގެ ފުރުޞަތު ލިބުނު ފަރާތްތައް ގުރުއަތުން ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައެވެ. އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިނގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޚަރަދުގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ލިބުނު 3 މީހުންނާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ ބައްދަލުކުރައްވައި، އެ މީހުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް މަތީން ވަނީ މަރުޙަބާ ދަންނަވާ ކާމިޔާބު ދަތުރަކަށް އެދިވަޑައިގެންފައެވެ.
ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތައް:
• ޝަމްރޫޒް އިބްރާހީމް / ދަފްތަރު ނަންބަރު ދރ 1672
• މުޙައްމަދު ސަރާޙް / އުދަރެސް، ތ. ތިމަރަފުށި
• ޢަލީ ނާޡިމް / ގ. ރަންދެލިގެ
މި ޕްރޮމޯޝަންގެ ދަށުން ޤުރުއަތުން ހޮވުނު 3 ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރައްވަން ވާނެކަމަށާއި، ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް އެމްޑަބްލިޔުއެސްސީއިން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަމުންދެއެވެ. ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
