
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘައަކީ ‘ދުނިޔެމަތީގެ ނަރަކަ’އެއްގެ ގޮތުގައި ރެޑް ކްރޮސްގެ ރައީސް މިރުޖާނާ ސްޕޮޖަރިކް ސިފަ ކުރައްވައިފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާއަށް ޢުދުވާނީ ޙަމަލާތަައް ދޭން ފަށައިފައެވެ. މެދުކެނޑުމެއްނެތި ގާތްގަނޑަކަށް 15 މަސް ދުވަސްވަންދެން ޙަމަލާ ދިނުމަށް ފަހު މިއަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަގުފަހިވި ނަމަވެސް މާރިޗު މަހުގެ 2 ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ތަކެތި ވެއްދޭނެ ދޮރުތައް ބަންދު ކޮށްފައެވެ. އަދި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ހަނގުރާމަ ފެށުމަށް ފަހު މިއަދާ ހަމައަށް މިހާތަނަށް ޣައްޒާގެ 62،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
ސްޕޮޖަރިކް ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމު ކޮށްފައިވާ ވަގުތީ ޞިއްޙީ މަރުކަޒުތަކުގައި ހުރި ފަރުވާ ދިނުމަށް ބޭނުންކުރާ ސާމާނު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެއްކޮށް ހުސްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ ޙާލަތު އޭނާއަށް ސިފަ ކުރެއްވޭނީ ދުނިޔެމަތީގެ ނަރަކައެއްގެ ގޮތުގައި ކަމަށާއި މި ޙާލަތުގައި ޣައްޒާގެ ރައްޔިތުންނަށް ފެނާއި ކާބޯތަކެއްޗާއި ކަރަންޓު ވެސް ނުލިބޭ ކަމަށެވެ. ސްޕޮޖަރިކް ވިދާޅުވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ވެއްދި ސާމާނު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި އެއްކޮށްހެން ހުސްވެފައިވާ ކަމަށެވެ. ފާއިތުވި ހަ ހަފުތާގެ ތެރޭގައި އެހީގެ އެއްވެސް ސާމާނެއް ޣައްޒާއަށް ވަދެފައި ނުވާ ކަމަށާއި މިހާރު ހުރި ސާމާނު ހުސްވުމުން ޢާންމުންނަށް ފަރުވާދޭ ޞިއްޙީ މަޒުކަޒުތައް ނުހިނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ ބޭސްފަރުވާއަށް ބޭނުންވާ އެންޓި ބަޔޮޓިކްސާއި ލޭއަޅާ ކޮތަޅު ޣައްޒާގައި ވަރަށް ބޮޑަށް މަދުވެފައިވާއިރު ހަލުވި މިނުގައި އެ ތަކެތި ހުސްވަމުންދާ ކަމަށެވެ. ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން 22 ހަސްފަތާލަށް ޚިދުމަތް ދެވެނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. ރެޑް ކްރޮސްގެ ރައީސް ވަނީ ޣައްޒާގެ ޢާންމުންގެ އިތުރުން އެ ސަހަރުގައި ޙަރަކާތްތެރިވާ އިންސާނީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޢާންމުންގެ އިތުރުން އިންސާނީ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ވެސް ޣައްޒާގެ އެއް ސަރަޙައްދުން އަނެއް ސަރަަޙައްދަށް ދަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ވަނީ އިންސާނީ މަސައްކަތުގައި ޝާމިލުވެ އުޅުނު 15 މަސައްކަތްތެރިން ޝަހީދު ކޮށްލައިފައެވެ. އެ މީހުންގެ ތެރޭގައި ރެޑް ކްރެސެންޓަށް ނިޞްބަތްވާ އަށް މެންބަރުން ވެސް ހިމެނެއެވެ. ޔަހޫދީން ވަނީ އެ މީހުން ޝަހީދު ކޮށްލައި އެ މީހުންގެ ހަށިތައް މާސިންގާ ވަޅުަގަނޑަކަށް އަޅައި ފޮރުވާފައެވެ.
ސްޕޮޖަރިކް ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވައިފައެވެ. ޣައްޒާއަށް ދެމުުންދިޔަ ޙަމަލާތަކަށް ކެތްނުކުރެވިގެން ޙަމާސުން ޔަހޫދީންނަށް ދިން ޖިހާދީ ޙަމަލާއެއްގައި އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ އަސީރުން މިނިވަން ކުރެވޭނެ މަގަކީ އެއީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
