
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް ސާފު ބޯފެން ލިބެމުންދިޔަ ހަމައެކަނި މަގު ބަނދުވެ ފެނަށް ޖެހިފައިވާ ކަމަށް ޣައްޒާގެ މުނިސިޕަލިޓީން ބުނެފިއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސިޓީއަށް ދެމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުގައި މިދިޔަ ހަފުތާގެ ތެރޭގައި ޔަހޫދީން ވަނީ ޝުޖާޢިއްޔާ އަވަށަށް ދިން ޙަމަލާތަކެއްގައި އިޒްރޭލު މެދުވެރިކޮށް ޣައްޒާއަށް ފެން ފޯރު ކޮށްދޭ ފެން ހޮޅިތަކަށް ގެއްލުންދީ ފެން ކަނޑާލައިފައެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ފެން ހޯދުމަށްޓަކައި ފައިމަގުގައި ދުރު ރާސްތާތަކަށް ދަތުރު ކުރުމަށް މަޖުބޫރުވެފައެވެ. ދިގު ރާސްތާއެއް ކަޑައްތުކުރުމަށްފަހު ލިބެނީ ކުޑަ މިންވަރެއްގެ ފެންފޮދެކެވެ.
އުމުރުން 42 އަހަރުގެ ޣައްޒާގެ ރައްޔިތެއް ކަމަށްވާ ފާތިން ނާޞިރު ބުނީ ހެނދުނުންސުރެ ފެންފޮދަކަށް އިންތިޒާރު ކޮށްގެން އޭނާއާއި އޭނާގެ ޢާއިލާ ތިބިކަމަށެވެ. ފެން ފޯރު ކޮށްދޭ އެއްވެސް މަރުކަޒެއް ނުވަތަ އުޅަނދެއް ވެސް ނެތް ކަމަށާއި އެއްވެސް ސަރަޙައްދަކުން ފެން ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ޣައްޒާއަށް ތަކެތި ވެއްދޭނެ ހުރިހާ މަގުތައް ވެސް ބަންދުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. ޝުޖާޢިއްޔާގައި ގެއްލުން ލިބުނު ފެން ހޮޅިތަކަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި އެ ސަހަރުގެ ފެން ވަޅުތައް ބޭނުން ނުކުރެވޭ ޙާލަތަށް ދިޔުމުން ޣައްޒާއަށް ބޭނުންވާ ފެނުގެ 70 އިންސައްތަ ފޯރު ކޮށްދެމުން ދިޔަ މަގެވެ. މުނިސިޕަލިޓީގެ ތަރުޖަމާނު، ޙުސްނީ ހާނާ ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައި ވަނީ ވަރަށް އުނދަގޫ ޙާލަތެއް ކަމަށާއި ކަންކަން އިތުރަށް އުނދަގޫވަމުންދާ ކަމަށެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ފެން ލިބުމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި ސާފުތާހިރުވުމަށާއި ޖަރާސީމު ފިލުވުމަށާއި ކެއްކުމަށާއި ކަރުހިއްކުން ފިލުވުންފަދަ ބޭނުންތަކަށް ފެން ނުލިބޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
“ޣައްޒާގެ ރައްޔިތުން މިހާރު މިތިބީ އިންތިހާއަށް ފެނަށް ޖެހިފައި. މި ޙާލަތަށް ހެޔޮ ބަދަލެއް ނާންނަ ނަމަ ޣައްޒާއިން ކުރިމަތިލާންޖެހޭ ހަޤީޤަތް ވަރަށް ހިތްދަތިވާނެ”، އޭނާ ވިދާޅުވިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުަގައި 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ބައެއް ފަޅު ސަރަޙައްދުތަކުގައި ހުރި މަދުމަދު ވަޅުތަކުން ފެން ލިބޭ ނަމަވެސް އެ ފެން ހޯދުމަށްޓަކައި ޕްލާސްޓިކް ފުޅިފުޅި ހިފައިގެން ދުރު ހިސާބުތަކަށް ފައިމަގުގައި ދާން ޖެހެއެވެ. ބަނޑުހައިހޫނުކަމުގެ ޙާލަތުގައި އަދި ނުރައްކަލުގެ ތެރޭގައި ކުޑަކުދިންނާއި މުސްކުޅިން ވެސް ފެން ހޯދުމަށް މި ދިގު ދަތުރުތައް ކުރެއެވެ. ނަމަވެސް އެ ގޮތަށް ލިބޭ ފެނަކީ ވެސް ސާފު، ރައްކާތެރި ބޯފެންކަން ޔަޤީނެއް ނުކުރެވެއެވެ. ޣައްޒާގެ ރައްޔިތުން އެތައް ގަޑިއިރެއް ވަންދެން ކިޔު ޖެހިގެން ހުރެ ލިބޭ މަދު ފެންފޮދަކީ އެ މީހުންގެ އެ ދުވަހުގެ ބޭނުންތަކަށް ވެސް ފުދޭ ވަރުގެ މިންވަރެއް ނޫނެވެ.
ޣައްޒާއަށް ޤުދުރަތީ ގޮތުން ފެން ލިބޭ ހަމައެކަނި މަގަކީ މިޞްރުގެ އުތުރު ސިނާޢީ ޕެނިންސުލާއިން ފެށިގެން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ އައްސޭރިފަށުން ގޮސް ޣައްޒާއަށް އޮހޭ ކޯސްޓަލް އަކުއިފަރ ބޭސިނެވެ. ނަމަވެސް ކޯސްޓަލް އަކުއިފަރ ބޭސިނުން ލިބޭ ފެން ވަނީ ވަރަށް ބޮޑަށް ލޮނުވެ ތަޣައްޔަރުވެފައެވެ. ކޯސްޓަލް އަކުއިފަރ ބޭސުނަށް ލޮނުފެން އެޅޭތީ ފެނުގެ ލޮނުކަން އިތުރުވުމުގެ ސަބަބުންނާއި ޤުދުރަތީ ގޮތުން ފެން އިޢާދަ ކުރެވޭ ވަރަށް ވުރެ ގިނައިން ފެން ނެގުމުގެ ސަބަބުންނާއި ނަޖިހާއި ކުންޏާއި ކެމިކަލުން ފެން ތަޣައްޔަރުވަނުންދާތީ ކޯސްޓަލް އަކުއިފަރ ބޭސިންގެ ފެނުގެ 97 އިންސައްތައަކީ އިންސާނުން ބޭނުން ކުރުމަށް އެކަށީގެންވާ ފެން ނޫން ކަމަށާއި އެއީ ރައްކާތެރި ފެން ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޣައްޒާގެ ފެނާބެހޭ އިދާރާއިން ބުނީ ޣައްޒާގައި ހުރި ހުރިހާ ފެން ވަޅެއްހެން ހުރީ ބޭނުން ނުކުރެވޭ ޙާލަތުގައި ކަމަށެވެ. ފަލަސްޠީނުގެ ތަފާސްހިސާބުތަކާބެހޭ އިދާރާއާއި ފެނާ ބެހޭ އިދާރާއިން މިދިޔަ މާރިޗު މަހުގެ 22ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައްދޭ މަރުކަޒުތަކާއި ވަސީލަތްތަކުގެ 85 އިންސައްތަ ހަލާކުވެފައިވާ ކަމަށެވެ. ފަލަސްޠީނުގެ އިދާރާތަކާއި އދން ބުނީ ޣައްޒާގެ ފެން ސާފު ކުރާ ޕްލާންޓުތަަކަށް ވެސް ގެއްލުން ލިބި ބޭނުން ނުކުރެވޭ ކަމަށާއި ބޭނުން ކުރެވޭ ޙާލަތުގައި ހުރި މަދު ޕްލާންޓުތައް ވެސް ކަރަންޓާއި ތެޔޮ ނުލިބުމުގެ ސަބަބުން ނުހިނގޭ ކަމަށެވެ. އޭރު ފެން ފޯރު ކޮށްދެމުން ދިޔައީ މީހަކަށް ދުވާލަކު 5-3 ލީޓަރާ ދެމެދުގެ މިންވަރަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް މީހަކަށް މަދުވެގެން ބޭނުންވާ 15 ލީޓަރަށް ވުރެ އެތައް ގުނައެއް މަދު ޢަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
