
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭގޮތުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ވިލާތުގެ އިއްތިހާދުގެ ޤައުމުތައް ބައިވެރިނުކުރުމަކީ، އީރާނަށް ޕްރެޝަރު ކުރުމުގައި އެމެރިކާއަށް ލިބިފައި އޮތް ބާރެއްގެ ބޭނުން ނުކުރުމުގެ ގޮތުގައި މަސްރަޙް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެފިއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އދ.އިން އީރާނާ ދެކޮޅަށް ފާސްކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބާރު ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ އަތްމަތީގައި އޮއްވައި، މާދަމާ އޮމާނުގައި އީރާނާ އެކު ފަށާ މަޝްވަރާތަކާ ގުޅޭގޮތުން އެ އިއްތިހާދާ އެކު އެމެރިކާއިން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ޚާރިޖީ ބައެއް ބޭފުޅުންނާ ޙަވާލާދީ ‘ރޮައިޓަރސް’ ނޫހުން ބުންޏެވެ.
އަދި އެއީ މި މަޝްވަރާތަކުގައި އީރާނަށް ކުރެވެން އޮތް މަތީ ދަރަޖައަށް ޕްރެޝަރު ކުރުމުގެ ފުރުޞަތު އެމެރިކާއިން ނަގައިލުމުގެ ގޮތުގައި އެ ބޭފުޅުން ސިފަކުރެއްވިއެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެހެންކަމުން، އދ.ގެ ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް އަޅަން ފާސްކޮށްފައިވާ ފިޔަވަޅުތައް އިއާދަކުރުމުގެ ބާރެއް އެމެރިކާއަކަށް މިހާރު ނެތެވެ. އެ ބާރު މިހާރު އޮތީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން ފަރަންސޭސިވިލާތުގެ އަތްމަތީގައެވެ. އެ ތިން ޤައުމަކީ ވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ މެދު ކަންބޮޑުވުންފާޅުކޮށް، އެކަން ހުއްޓުވަން އިސްނަގައިގެން ތިބި ތިން ޤައުމެވެ.
މިއަދު ފަށާ މަޝްވަރާތަކުގައި، އެ ތިން ޤައުމާ ގުޅިގެން އެމެރިކާއިން މަސައްކަތް ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުންނާއި ޚާރިޖީ ދާއިރާގެ ބޭފުޅުން ޤަބޫލުކުރައްވަނީ އެހެންވެއެވެ. ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، އީރާނަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވުމާ އެކު މެދުއިރުމައްޗަށް ވަނީ ނުތަނަވަސް ކަން ވެރިވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ، ދެ ޤައުމުގެ ދެމެދުގައި މާދަމާ ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤިޖީ ކަމުގައެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ކަމުގައެވެ. އެ ދެ ބޭފުޅުންގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާނީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ކަމުގައި ވެސް އީރާނުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
