
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަރަޙް އަބޫ ޤަޔިނާސްގެ ހުވަފެނަކީ، އަދި އުންމީދަކީ މުދައްރިސު ކަން ދަސްކޮށް، ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި އޭނާއަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. އޭނާގެ ފުރާނަ ސަލާމަތް ކޮށްފައި ވަނީ އޭނާގެ ވައަތު ފައި ބުރިކޮށްލައިގެންނެވެ. އެއާ އެކު، އޭނާގެ ހުރިހާ އުންމީދުތަކެއް ވަނީ ފެނަށްވެފައެވެ. ވެއްޔާ މޮޑެވިފައެވެ. 21 އަހަރުގެ އަބޫ ޤަޔިނާސަކީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ދީފައިވާ ޙަމަލާތަކުގައި ލިބިފައިވާ އަނިޔާތަކާ ގުޅިގެން އަތްފައި ބުރިކުރުމަށް މަޖުބޫރުވެފައިވާ އެތަކެއް ހާސް މީހެއްގެ ތެރެއިން އެކަކެވެ.
ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި އަބޫ ޤަޔިނާސްގެ ގެދޮރު ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. އޭނާ މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔަލެއްގައެވެ. އެތަކެއް ސަތޭކަ ރެފިއުޖީންނާ އެކުގައެވެ. ހެލިފެލިވެ އުޅެނީ ފުރޮޅުލީ ގޮނޑިއެއްގެ އެހީގައެވެ. އޭނާ އިންތިޒާރު ކުރަމުން ދަނީ މަސްނޫޢީ ފަޔެއް ލިބޭނެ ދުވަހަކަށެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޢުދުވާނުގެ ސަބަބުން އެ ކަން ހާސިލު ކުރެވޭނެ ކަމުގެ އުންމީދު ފަނޑެވެ. “އެ ދުވަހު އަޅުގަނޑުގެ އެއް ފައިގެ އިތުރުން އެހެން އެއްޗެއް ވެސް ގެއްލިގެން ދިޔަ. އަޅުގަނޑުގެ ހުރިހާ ހުވަފެންތަކެއް ވަނީ ވިއްސިވިހާލިވެފައި. އަޅުގަނޑުގެ އެންމެ ބޮޑު އެއް އުންމީދަކީ ޔުނިވަރސިޓީއަކަށް ގޮސް މަތީ ތަޢުލީމު ހާސިލު ކުރުން، އަދި ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުން. ނަމަވެސް، މި ޒަޚަމާ އެކު އަޅުގަނޑުގެ މުސްތަޤުބަލު ވަނީ ގެއްލުވައިލާފައި،” އަބޫ ޤަޔިނާސް ބުންޏެވެ.
ޣައްޒާގައި އަތްފައި ބުރި ކޮށްފައިވާ މީހުންގެ އަދަދު އެތަކެއް ހާހަކަށް
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,500އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޔަހޫދީ ފައުޖުގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް އެ މީހުންނަށް ލިބިފައިވާ އަނިިޔާތައް އެތަކެއް ދަހަރަކަށް ތަހައްމަލު ކުރަން ޖެހޭނެއެވެ. ޢުދުވާނީ ޙަމަލާތަކުގައި ދީފައިވާ ޒަޚަމުތަކާ ގުޅިގެން އަތްފައި ބުރި ކުރަން ޖެހިފައިވާ މީހުުންގެ ފުރިހަމަ އަދަދު އެތަކެއް ހާހަކަށް އަރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، އެ އަދަދު ސާފެއް ނޫނެވެ. “ޣައްޒާގެ އެކި ކަންކޮޅުތަކުގައި، މަސްނޫޢީ ގުނަވަންތަކުގެ އިންތިޒާރުގައި ތިބި މީހުންގެ އަދަދު 4,500އަށްވުރެ މައްޗަށް އަރާނެ، އޭގެ އިތުރުން އިތުރު ޞިއްޙީ ފަރުވާއަށް ބޭނުން ޖެހިފައިވާ 2,000އެއްހާ މީހުން އެބަތިބި،” އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ނެރުނު ރިޕޯޓެއްގައި ހާމަކުރިއެވެ.
ބޮޑެތި ޒަޚަމުތައް ލިބިފައިވާ މީހުންނަށް އުންމީދެއް ނެތް
ޣައްޒާގައި އަތްފައި ނެތިފައިވާ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރެޑް ކްރޮސްގެ ފަރާތުން ޕުރޮގުރާމެއް ހިންގާ އަޙްމަދު މޫސާ ވިދާޅުވީ، އޭނާގެ ޕުރޮގުރާމުގެ ދަށުން ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު 3,000އަށް އަރާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި އަތްފައި ބުރި ކޮށްފައިވާ 1,800އެއްހާ މީހުން ހިމެނޭ ކަމުގައެވެ. މީގެ އިތުރުން ވެސް، މައިބަދައަށް އަނިޔާވެފައި ތިބި އެތަކެއް ހާސް ބަޔަކާއި، ލޮލުގެ ފެނުމާއި އަޑުއިވުމުން މަޙްރޫމުވެފައިވާ އެތަކެއް ހާސް ބަޔަކު އެކަށީގެންވާ ފަރުވާ ނުލިބި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައި ތިބި ކަމުގައި ރެޑް ކްރޮސާއި އޯސީއެޗްއޭން ހާމަކުރިއެވެ.
މޫސާ ވިދާޅުވީ، އަތްފައި ބުރިކޮށްލުމަށް މަޖުބޫރުވެފައިވާ މީހުންނަށް މަސްނޫޢީ ގުނަވަންތައް ހޯދައިދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. “ހިނގާބިނގާވެ އުޅުމަށް އެހީތެރިވެދޭ ސާމާނާއި މަސްނޫޢީ ގުނަވަންތައް ޣައްޒާއަށް އެތެރެ ކުރުމަށް [ޔަހޫދީ ފައުޖުން] އޮތީ ހުރަސްތަކެއް ކުރިމަތި ކޮށްފައި. އޭގެ ތެރެއިން ގިނަ ބަޔަކަށް [އަތްފައި ބުރި ކުރަން ޖެހިފައިވާ މީހުންނަށް] އެ ފަދަ ސާމާނު ފޯރުކޮށްދެވޭނެ ތާރީޚެއް ދަންނަވާކަށް ނޭނގޭ،” މޫސާ ވިދާޅުވިއެވެ.
އަބޫ ޤަޔިނާސާ އެއް ހާލަތެއް ތަހައްމަލު ކުރަމުންދާ ޣައްޒާގެ ކުޑަކުދިންގެ އަދަދު ވެސް އެތަކެއް ސަތޭކައަކަށް އަރައެވެ. ފަލަސްޠީނުގެ ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (ޕީބީއެސު)ން ބުނީ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 7,000އަށްވުރެ މައްޗަށް އަރާ ކަމުގައެވެ. އޭގެ ތެރޭގައި އަތްފައި ބުރިކޮށްލުމަށް މަޖުބޫރުވެފައިވާ، އަދި ލޮލުގެ ފެނުމާއި އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންގެ އަދަދު އެތަކެއް ސަތޭކައަށް އަރާ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
