
އޮލިންޕިކް ސައިޒުގެ ސްވިމިން ޕޫލެއް ރާއްޖޭގައި އެޅުމަކީ ލިބިގެންދާ ފަހުރެއް ކަމަށް މި ޕޫލް ހަދިޔާ ކޮއްދެއްވި މައްޝޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ. އަލަށް ގާއިމު ކުރާ 50 މީޓަރުގެ ސްވިމިންގް ޕޫލުގެ ބިންގާ އެޅުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަފީފް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ބަލާއިރު މި ފެންވަރުގެ ސްވިމިންގް ފޫލެއް ހެދިފަ ހުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
” އަޅުގަނޑެކޭ ނުކިޔާނެ ކިޔާނީ ގައުމުގެއޭ އެހެންވީމަ އެއީ ގައުމަށް ލިބޭ ޝަރަފެއް، ފަހުރެއް، އެހެންވީމަ އަޅުގަނޑަށް ވަރަށް ބޮޑު އުފަލަކަށް ވަނީ.” އަފީފް ވިދާޅުވިއެވެ. މިއީ އޭނާގެ އަކެނި މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ޗަމްޕާ އާއިލާގެ ފާރާތުން ދިވެހި ކުޅިވަރަށް ކޮއްދޭކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް ވަނީ މިހާރުގެ އެތުލީޓުން މި ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި ގައުމަށް ރީތި ނަން ހޯދައިދިނުމަށް އިލްތިމާސްކޮއްފައެވެ. ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި، ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. މި ކޮމްޕްލެކްސް ނިމިގެންދާއިރު 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ގާއިމުކުރެވިގެންދާނެއެވެ.
ބިންގާ އެޅިގެންދިޔަ ޕޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެއިން ބޭރުން ގެނެސްފަވާއިރު، މި މަސައްކަތް ނިމޭނެ ކަމަށް ސްވިމިންގ ސޯސިއޭޝަނުން އަންދާޒާކުރަނީ މި އަހަރުގެ ނޮވެންބަރު މަހުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
