
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމަށް ދެ އަހަރު އިތުރުކޮށްފި އެވެ. ސަލާ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ދާދި ފަހުންވެސް ސަލާ ވަނީ އޭނާ އަންނަ ސީޒަނުގައި ލިވަޕޫލް އިން ފެނިދާނެކަމާއިމެދު ސުވާލު އުފައްދާފަ އެވެ. އުމުރުން 32 އަހަރު ސަލާ ލިވަޕޫލް އާއިއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއިރު އޭނާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލިވަޕޫލް އަށް 32 ލަނޑު ޖަހައިދީފަ އެވެ.
2017 ވަނަ އަހަރުގެ އިޓަލީގެ ރޯމާއިން ލިވަޕޫލް އާއި ގުޅުނު ސަލާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 393 މެޗުގައި އެ ޓީމަށް 243 ލަނޑު ޖަހައިދީ 109 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ. ލިވަޕޫލް އާއިއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ސަލާ ބުނެފައިވަނީ ލިވަޕޫލްގައި މަޑު ކުރުމަށް އިތުރު އެއްބަސްވުމެއްގައި ސޮއި ކުރެވުމުން އެކަމާ އުފާ ކުރާ ކަމަށެވެ. “ލިވަޕޫލް އާއިއެކު އިތުރު އަހަރުތަކެއް ހޭދަކުރަން ލިބުމުން އެކަމާ ވަރަށް އުފާ ކުރަން. އަދި އުންމީދު ކުރަނީ މި ވަރުގަދަ ޓީމާއިއެކު އިތުރު މުބާރާތްތަކެއް ކާމިޔާބު ކުރުން. ސަލާ ބުންޏެވެ.
“ލިވަޕޫލް ގައި އަހަރެން އަށް އަހަރު ހޭދަކޮށްފިން އަދި އިތުރު ދެ އަހަރު މަޑު ކުރަން ފުރުސަތު ލިބުމުން އެކަމާ އުފާ ކުރަން. މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކުގެ ގޮތުގައި ސިފަ ކުރަން.” ސަލާ އިތުރަށް ބުންޏެވެ. ލިވަޕޫލް އިން ސަލާ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވާއިރު ޑިފެންޑަރ ވެންޑައިކްގެ އެއްބަސްވުންވެސް އައު ކުރުމުގެ މަސައްކަތް ދެ ފަރާތުން ކުރިއަށް ގެންދާކަމަށް ވެންޑައިކް ވަނީ ބުނެފަ އެވެ. ނަމަވެސް ޑިފެންޑަރ އެލެކްޒެންޑަރ އާނޯލްޑްގެ އެއްބަސްވުމާއިމެދު ލިވަޕޫލް އިންވެސް އަދި ކުޅުންތެރިޔާގެ ފަރާތުންވެސް ކޮމެންޓެއް ލިބިފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އާނޯލްޑް ފެނިގެންދާނީ ސްޕެއިންގެ ރެއާލް މެޑްރިޑްއިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
