
(ފޮޓޯ ކްރެޑިޓްސް: އާރްޑީސީ)
އަރި އަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފިކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ. އާރްޑީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައިވާކަމަށާ، މިހާރު ކުރިއަށްދަނީ އެތަކެތި ރަށަށް ބޭލުމުގެ މަސައްކަތްކަމަށެވެ. ހުސްވި މާޗު މަހުގެ ފަހުކޮޅު ކުޅިވަރުގެ 77 މަޝްރޫއެއް ނިންމުމަށް ސަރުކާރުންވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 23 މަޝްރޫއެއްގެ މަސައްކަތެވެ. މިމަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރު ދަނޑުތަކާ، އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި މަރާމާތުކުރުމުގެ މަސައްކަތްތަކެވެ.
ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ ތަރައްގީއަށް ބޭނުންވާ ސާމާނު އާރްޑީސީން ރަށަށް ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ގޯލާއި، ލައިޓުގެ އިތުރުން ޓާރފްކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުނބުރުދޫ ކައުންސިލުގެ ރައީސް މުހަންމަދު އަޒުމީ ވިދާޅުވިއެވެ. އެރަށުގެ ފުޓުބޯޅަ ދަނޑުގައި ނުނިމިހުރި މަސައްކަތަށް އަލިއަޅުވާލަމުން އަޒްމީ ވިދާޅުވެފަވަނީ މިހާރު ކުރަންހުރި މަސައްކަތަކީ ދަނޑުގެ ސަބް ބޭސް ލެވެލްކުރުމާއި، ޓާފް އެޅުމުގެ އިތުރުން ކުލަލުމުގެ މަސައްކަތްކަމަށެވެ.
ކުނބުރުދޫ ދަނޑުގެ މަސައްކަތަކީ ނުނިމި ދިގުލާފާވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން އަޒްމީ ވިދާޅުވީ ގާތްގަނޑަކަށް ދަނޑުގެ ހާލަތު މިފަދަ ގޮތަކަށް އޮންނަތާ ދިހަވަރަކަށް އަހަރުވެއްޖެކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ދަނޑު ބޭނުންނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން އަޒްމީ ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރުގެ ނުނިމިހުރި މަޝްރޫޢުތައް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒުހިފާފައިވާއިރު، ކުނބުރޫގެ ދަނޑުގެ މަސައްކަތް ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ހަފްތާގެ ތެރޭގައި ނިމޭނެކަމަށް އާރްޑީސީން ބުނެފަވާކަމަށް އަޒްމީ ވަނީ ވިދާޅުވެފައެވެ. ކުނބުރުދޫގެ ދަނޑަކީ ޒުވާނުންގެ ދުވަސްވީ އުންމީދެއްކަމަށާ، މިއީ ޒުވާނުންނަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި އަޒްމީ ސިފަކުރެއްވިއެވެ.
“ހަގީގަތުގައި މިއީ ޒުވާނުންގެ ބޮޑު އުންމީދެއް. ފުޓުބޯޅަ ކުޅެވޭނެ ގޮތެއްނެތި ރަށުގެ ޒުވާނުން ތިބޭތާ ދިހަވަރަކަށް އަހަރުވެއްޖެ” ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އަޒްމީ ވިދާޅުވިއެވެ. ކުޅިވަރާ ގުޅުންހުރި 77 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުން ތިން ކުންފުންޏަކާ ހަވާލުކުރައްވާފަވާއިރު، މިމަސައްކަތަށް 204.5 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވަނީ އަންދާޒާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
