
(ފޮޓޯ ކްރެޑިޓްސް: އެފްޢޭއެމް)
އަންނަ އޮގަސްޓު މަހަށް ފުޓްބޯޅަ ސީޒަން ފަސްކުރަން ޖެހުމުން، ކުރުމުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފަ މި ވަނީ ފީފާގެ އެންގުމުގެ މަތިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން އޮގަސްޓު މަހަށް ލަސްކުރުމުން ކުލަބަތަކުން ފަރިތަކުރުންތައް ހުއްޓާލުމާ ގުޅިގެންނެވެ. ޕީއެސްއެމް ނިއުސް އަށް ދިން ހާއްސަ އިންޓަވިއުއެއް ރާފިއު ވިދާޅުވީ އިތުރު މުބާރާތެއް ބާއްވައިގެން މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ސީޒަން އޮގަސްޓަމަހަށް ފަސްކޮއްފަވާތީވޭ އެކަމަށް އިޝަރާތްކޮށް ވަޒީރު ވިދާޅުވީ ފީފާގެ އެންގުމާ އެއްގޮތަށް ފަސްކުރި ކަމުގައި ވިޔަސް ކުޅިވަރު ވުޒާރާއިން ނޯމަލައިޒޭޝަން ކޮމެޓީއާ މަޝްވަރާކޮއްގެން ކުރު މުބާރާތެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. “އެއީ ޕްރެޒިޑެންޓް ކަޕު ވިޔަސް، އަދި އެހެން މުބާރާތެއް ކަމުގައި ވިޔަސް، މުބާރާތެއް ކުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެން.” ވަޒީރު ވިދާޅުވިއެވެ. ފުޓްބޯޅަ ނުހިއްޓި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ގޮތުގައި ވަޒީރު ވަނީ ފާހަގަކޮއްފައެވެ. އޮގަސްޓަމަހު ސީޒަން ފަށަން އޮތުމުން މިހާރު ސީޒަނަށް ތައްޔާރުވާން ކުލަބަތަކަށް އެކަށީގެންވާ ވަގުތު ލިބިފަވާކަމަށް ރާފިއު ވިދާޅުވިއެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ދެމެދު ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ވަނީ ކްލަބްތަކަށް ދައުވަތުދީފައެވެ. އެއްވެސް ކްލަބަކަށް މިމުބާރާތުގައި ކުޅުން މަޖްބޫރެއްނޫނެވެ. އަދި މުބާރާތް ކުޅެވިގެންދާނީ ބައިވެރިވާން ބޭނުންވާ ޓީމުތަކުގެ މެދުގައެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ ނުކުޅޭތާ މިހާރު ދޮޅު އަހަރު ވެއްޖެއެވެ. އެންމެ ފަހުން ރަސްމީ މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ސީޒަން ނުފެށި ލަސްވެފައިވާއިރު މި އަހަރުގެ ސީޒަން ފަށަން ތިން ފަހަރު ތާރީހު ދީފައިވެއެވެ. އެންމެ ފަހުން މިމަހުގެ 10ގައި ފަށަން ރާވާފައި އޮތް ސީޒަން ލަސްވީ ފީފާ އާއި އޭއެފްސީން ސީޒަން ފަސްކޮށް، އަންނަ އޮގަސްޓް މަހު ސީޒަން ފަށަން ލަފާދިނުމުންނެވެ. މިއާއެކު ގިނަ ކުލަބުތަކުން ވަނީ ޕްރެކްޓިސް ހުއްޓާލައިފައެވެ. އައު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ސަރުކާރުން ވަނީ ކުލަބުތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
