
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމަށް ދެކޮޅުހަދައި، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނުން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް އިންޒާރު ދެއްވައިފިއެވެ. އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގައި އެމެރިކާގެ މައިގަނޑު މަޤުޞަދަކީ އިރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަށް މަޖުބޫރު ކުރުވުމެވެ. މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕް ޤަބޫލު ކުރައްވައެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ޓްރަމްޕް ވަނީ ދަޢުވަތު އަރުވާފައެވެ. އީރާނުން މި ދަޢުވަތަށް އިންކާރު ކޮށްފައި ނެތް ނަމަވެސް، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުން ވަނީ ދެކޮޅު ހަދާފައެވެ. އޭޕްރިލް 12ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ކަން ޓްރަމްޕް ދާދި ފަހުން ހާމަކުރެއްވިއެވެ. ނަމަވެސް، އީރާނުން ބުނީ، އޮމާންގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އޮމާންގައި ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ.
މެދުއިރުމަތީގެ ޤައުމުތަކަށް ރައިޓް ދަތުރުފުޅެއް ފެށްޓެވުން
އީރާނާ އެކު ފެށުމަށް ތައްޔާރުވެފައިވާ މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ރައިޓް ވިދާޅުވީ، އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަކީ އީރާނަށް އޮތް ހަމައެކަނި މަގު ކަމުގައެވެ. އަދި، އެ ކަމަށް އީރާނުން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެތަކެއް ގުނައަކުން ހަރުކަށި ކުރާނެ ކަމުގައެވެ. “އެހެންވީމަ ޔަގީން ކަމާ އެކު ދަންނަވާ ނަން، އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވޭނެ ކަމަށް ބެލެވޭ، އަދި، އުންމީދަކީ އެ މީހުންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓައިލުމަށް މަރުޖުބޫރު ކުރުވުން،” އެމެރިކާގެ ޤައުމީ ބްރޯޑްކާސްޓަރ، ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ރައިޓް ވިދާޅުވިއެވެ.
އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދެ ހަފުތާގެ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންނެވުމުގެ ކުރިންނެވެ. އެ ދަތުރުފުޅުގައި އޭނާ ސަޢޫދީ ޢަރަބިއްޔާއަށް ވެސް ވަޑައިގަންނަވާނެއެވެ. ތެޔޮ އުފައްދާ އަދި ބޭރު ކުރާ ޤައުމުތައް ކަމުގައިވާ އޯޕެކް+ގެ ރިޔާސަތު ވަގުތީ ގޮތުން ބަލަހައްޓަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމަށް ކުރައްވާ ދަތުރުފުޅުގައި ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައިޓް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ހަކަތަ އުފެއްދުން އިތުރު ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރު
ބޯޓުދެލިން ހަކަތަ އުފެއްދުން އިތުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މަޢުލޫމާތު ރައްކާކުރާ ޑޭޓާ ސެންޓަރުތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، ދަގަނޑު އުފެއްދުން އަދި ސިނާޢީ ދާއިރާގެ މަސައްކަތްތައް ފުޅާ ކުރުމަށް ޓްރަމްޕް ދާދިފަހުން ނިންމަވާފައިވާ ނިންމެވުންތަކާ ގުޅޭ ގޮތުން ވެސް ރައިޓް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދާއިރާތައް ހަރުދަނާ ކުރުމަށް ޓްރަމްޕް ސޮއި ކުރައްވާފައިވާ އެގްޒެކެޓިވް އޯޑަރ، ނުވަތަ ރިޔާސީ ޤަރާރުތައް ދިފާޢު ކުރައްވާފައެވެ. “އެމެރިކާގެ ސިނާޢީ ދާއިރާތައް އަލުން ތަރައްޤީކޮށް، އޭއައި ދާއިރާ ދެމެހެއްޓުމަށް ބޭނުންވާ ހަކަތަ އުފެއްދުން އިތުރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެމެރިކާގައި އުފެއްދޭ ހަކަތައިގެ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މާނަހުރި ގޮތެއްގައި އިތުރު ކުރަން ބޭނުން ނަމަ، ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ އިންޖީނުގެތައް ބަންދު ކުރުން ހުއްޓުމަކަށް ގެންނަން ޖެހޭ،” އޭނާ ވިދާޅުވިއެވެ.
އެމެރިކާގައި އުފައްދާ ހަކަތަ ގަންނަ މިންވަރު ވިލާތުގެ ޤައުމުތަކުން އިތުރު ކުރުމަށް ޓްރަމްޕް ވަނީ ދާދިފަހުން ހުށަހަޅުއްވާފައެވެ. މި ކަމަށް އިޝާރާތް ކުރައްވައި ރައިޓް ވިދާޅުވީ، އެމެރިކާއިން ހަކަތަ ގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތުގެ އިތުރުން އޭޝިޔާގެ ބައެއް ޤައުމުތަކުން ވެސް ޝައުޤުވެރިކަން ފާޅު ކުރަމުންދާ ކަމުގައެވެ. އަދި، ހަކަތަ ހޯދުމަށް ރަޝިޔާއަށް ބަރޯސާވުމަކީ ވިލާތުގެ ޤައުމުތަކުން އެދޭނެ ކަމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “ވިލާތުގެ ޤައުމުތަކުން ވެރިންނާ އެކު ބޭއްވި މަޝްވަރާތަކުން ހާމަވީ، ރަޝިޔާގެ ހަކަތައަށް ބަރޯސާވުމަކީ އެ ޤައުމުތަކުން މިހާރު ހިތާމަ ކުރާ ކަމެއް ކަން،” ރައިޓް ވިދާޅުވިއެވެ. “އެހެންވީމަ މިއަދު ހިއެއް ނުވޭ އެ ފަދަ އެދުމެއް އޮތްހެނެއް، [ރަޝިޔާ-ޔޫކްރެއިން] ހަނގުރާމަ ނިމުމަކަށް އައުމާ އެކު، ރަޝިޔާގެ ހަކަތައަށް [ވިލާތުގެ ޤައުމުތަކުން] ބަރޯސާވުމަށް ނިމުމެއް އަންނާނެ. އެ ކަމުގެ ފުރުޞަތު ކުޑަ.”
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
