
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލިވަޕޫލް އާއިއެކު މުހައްމަދު ސަލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިސްރަށް އުފަން ސަލާ މީގެ ކުރިން ބުނެފައިވަނީ އޭނާގެ އެގްރިމެންޓް އައު ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އަދި މި ސީޒަނަށްފަހު އޭނާ ލިވަޕޫލް އިން ފެނުމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.
2017 ވަނަ އަހަރުގެ ހޫނު މޫސުމުގައި ލިވަޕޫލް އާއި ގުޅުނު ސަލާ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ލިވަޕޫލް އިން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު ބޮޑު ތަފާތަކާއެކު ލިވަޕޫލް އޮތްއިރު ސަލާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސަލާ ހޯދުމަށް ސައުދި އަރަބިއްޔާގެ ކްލަބްތަކުން މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން މީޑިޔާ ރިޕޯޓްތައް ބުނި ނަމަވެސް މިހާރު ކުރިއަށްދާ މަޝްވަރާ ތަކާއިއެކު އޭނާ ކުރިއަށް އޮތް ސީޒަނުގައިވެސް ލިވަޕޫލް އިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބެލެވިފަ އެވެ. ސަލާ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ލިވަޕޫލް އިން ކުރަމުންދާއިރު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ ވެންޑައިކް ވެސް ވަނީ ދާދި ފަހުން މަޝްވަރާތައް ކުރިއަށްދާކަމަށް ބުނެފަ އެވެ.
ނަމަވެސް މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އެލެކްޒެންޑަރ އާނޯލްޑް ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލް އިން ފެނުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ ހޯދުމަށް ސްޕެއިންގެ ގަދަބާރު, ރެއާލް މެޑްރިޑް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
