
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިވެއްޖެއެވެ. ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިއުނިކް އިން ވަނީ ރަގަޅަށް ކުޅެ އިންޓަރ މިލާނުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އިންޓާރ މިލާނުން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލައިން އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގައި ލީޑު ނަގާފަ އެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލައުޓާރޯ މާޓިނޭޒް އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ކުރީގައި އޮތުމާއިއެކު ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ލެރޮއި ސާނޭ އާއި ރަފައެލް ގެރޭރޯގެ ބަދަލުގައި ތޯމަސް މުލާ އާއި ނަބްރީ ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ބަޔާން މިއުނިކް އިންވަނީ އެ ޓީމުން އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ބަޔާން މިއުނިކް އިން ވަނީ މެޗުގެ 85 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތޯމަސް މުލާ އެވެ. އުމުރުން 35 އަހަރުގެ ތޯމަސް މުލާ ވަނީ މި ސީޒަނަށްފަހު އޭނާ ބަޔާން މިއުނިކް އިން ނުފެންނާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން އިންޓަރ މިލާނުގެ ކައުންޓަރ އެޓޭކެއްގައި ކާލޯސް އޮގަސްޓޯ ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑޭވިޑް ފްރަޓޭސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މިލާނަށް މި މެޗުން ކުރި ހޯދަދީފަ އެވެ. މި ނަތީޖާ އާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 22 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބަޔާން މިއުނިކް އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2021 ވަނަ އަހަރު އެވެ. މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބާސެލޯނާ އާއި ބޮރޫޝިޔާ ޑޯޓްމަންޑް އާއި ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
