
މަޝްހޫރު ފުޓްބޯޅަ ކުލަބު އިޓަލީގެ ޔުވެންޓަސްއިން އެ ކުލަބުގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް އދ. މަހިބަދޫގައި ބާއްވަން ނިންމައިފިއެވެ. އެގޮތުން މަހިބަދޫ ތައްޔާރުވަމުން އަންނަނީ “ޔުވެންޓަސް އެކްސްޓްރީމް ފީލްޑްސް” ގެ ނަމުގައި ބާއްވާ ޚާއްސަ ފުޓްބޯޅަ މެޗަކަށެވެ. މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ މެޗުގައި ޔުވެންޓަސްއަށް ކުރިން ކުޅުނު ނެދަލަންޑްސްގެ މަޝްހޫރު މިޑްފީލްޑަރ އެޑްގާ ޑާވިޑްސް ބައިވެރިވާނެއެވެ. ޔުވެންޓަސްއިން އަހަރީ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ތިން ތަނެއް ކަނޑައެޅި އިރު މަހިބަދުއަށް މި ފުރުސަތު ލިބުނީ އޭރިއަލް ވިއުތަކުން ރާއްޖޭގެ ޖަޒީރާވަންތަ ހިތްގައިމުކަން ދައްކައިދޭ ގޮތަށް މަހިބަދޫ ފުޓްބޯޅަ ދަނޑު (ޕެލޭ ސްޓޭޑިއަމް) އިންސްޓަރގްރާމްގައި ވައިރަލްވުމާއި ގުޅިގެންނެވެ.
މި ފުރުސަތު މަހިބަދުއަށް ހޯދައިދިނީ އެ ދަނޑުގެ ފޮޓޯއާއި ވީޑިއޯތައް އިންސްޓަރގްރާމްގައި ހިއްސާކުރާ ރާއްޖޭގެ ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދެވެ. ޔުވެންޓަސްގެ ފޭނެއް ކަމަށްވާ ނައުޝާދުގެ ސަބަބުން ރާއްޖެއަށް މި ފުރުސަތު ލިބުނު އިރު ޑާވިޑްސް އާއި ޔުވެންޓަސްގެ ފޭނުން ހިމެނޭ ގޮތަށް 30 މީހުންގެ ޓީމެއް މަހިބަދޫއަށް އަންނަން ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހެއެވެ. އަދި ހަތަރު ދުވަހު އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މަހިބަދޫއަށް ނިސްބަތްވާ ނައުޝާދު މިކަން ‘ޕީއެސްއެމް ނިއުސް’ އާއި ހިއްސާކުރަމުން ބުނީ މިކަން ފެށުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހިސާބުގައި އޭނާގެ އިންސްޓަރގްރާމަށް ޔުވެންޓަސްގެ އިސް ފަރާތަކުން ފޮނުވި މެސެޖަކުން ކަމަށެވެ. “އޭތި ޔަގީން ނުވެގެން އޭނަ ކައިރި ބުނީ އީމެއިލް ކޮށްދޭށޭ. އެދުނީމަ ރަސްމީ އީމެއިލްއިން އީމެއިލް ކޮށްދިނީ. އެ ހިސާބުން ފެށުނީ. އޭނާ އެދުނީ އެމީހުންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަންވެގެން ދުނިޔޭން އެ ނަގާ ތިން ދަނޑުގެ ތެރެއިން އެއް ދަނޑަކަށް މަހިބަދޫ ދަނޑު ހަމަޖެހޭނެތޯ. ނޮވެމްބަރު 1 އެއީ އަހަރީ ދުވަސް. އޭގެ ފަހުން މިއަދާ ހަމައަށް މިދަނީ ތައްޔާރީތައް ވަމުން. ތާރީހު ހަމަޖެއްސީ ދެފަރާތުން ވާހަކަ ދައްކައިގެން” ކަމަށް ނައުޝާދު ބުންޏެވެ.
ނައުޝާދު ބުނީ ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ އިވެންޓު އޮންނަނީ ދުނިޔޭގެ ތިން ތަނެއްގައި ކަމަށާއި، އެއީ ޑެންމާކް، ނިއުޔޯކް އަދި މަހިނބަދޫ ކަމަށެވެ. “މި ފުރުސަތު ލިބިގެން ދިޔައީ އަޅުގަނޑު ކުރި މަސައްކަތުން. ރާއްޖޭގެ ދަނޑުތަކާއި ފޮޓޯތައް އިންސްޓަރ ގްރާމްގައި ވައިރަލްވެގެންގޮސް ޔުވެންޓަސްއަށް އެކަން ފާހަގަ ކުރެވިގެން ލިބުނު ފުރުސަތެއް މީ. ދެން ޔުވެންޓަސްއިން މުޅި ދުނިޔޭގެ ފޭނުންނަށް ހުޅުވާލީ އެ ތިން ދަނޑުން ކުރެ ކޮންމެސް އެއް ދަނޑެއްގައި ކުޅެލުމުގެ ފުރުސަތު އޭގެތެރެއިން 22 މީހުން ހޮވީ” ނައުޝާދު ބުންޏެވެ.
އެ 22 މީހުން ޑާވިޑްސް އާއިއެކު މަހިބަދޫ ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗު ކުޅުމުގެ ފުރުސަތު މަހިބަދޫގެ 2 މީހަކަށްވެސް ލިބުނު ކަމަށް ނައުޝާދު ބުންޏެވެ. އޭގެ ތެރޭގައި އޭނާވެސް ހިމެނެއެވެ. އޭގެ އިތުރުން އޮންނާނީ މަހިބަދޫ ކައިރީގައި އޮންނަ ސޭންޑް ބޭންކަކަށް ގޮސް ފުޓްބޯޅައާއި ގުޅޭ ޝޫޓިންތަކެއް ކުރިޔަށް ގެންދިއުމާއި މަހިބަދޫ ދަނޑުގައި މިނީ ގޭމްސްތަކެއް ކުޅުން ކަމަށް ނައުޝާދު ބުންޏެވެ. މިކަމުގައި ކައުންސިލާއި ޑަބްލިއުޑީސީން ވަަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށާއި، ޔުވެންޓަސްގެ އަހަރީ ދުވަސް ފާހަގަކުރަން އަންނަ ޓީމަށް މަރްހަބާ ކިއުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާއްޖެއަށް އަންނަ ޑާވިޑްސްއަކީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އިތުރުން ޔުވެންޓަސް، އަޔަކްސް، އޭސީ މިލާން، ބާސެލޯނާ އަދި ޓޮޓްނަމް ހޮޓްސްޕާސްއަށް ކުޅުނު މަޝްހޫރު ކުޅުންތެރިއެވެ. ޔުއެފާ ޕްރޯ ލައިސެންސް ހާސިލްކޮށް ފަހުން ކޯޗިންގެ ދާއިރާގައިވެސް އުޅުނު އުމުރުން 52 އަހަރުގެ ޑާވިޑްސް އެންމެ ގިނަ މެޗު ކުޅެފައިވަނީ ޔުވެންޓަސްއަށެވެ. އޭނާ ރިޓަޔަރކުރީ ޖެނުއަރީ 2022 ގައެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުވެސް އަދާކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
