
(ފޮޓޯ ކްރެޑިޓްސް: އެންވައިރޮމަންޓް މިނިސްޓްރީ)
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ދެކުނު އޭޝިއާގެ ސަރަޙައްދީ “ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް” ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެވެ. މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އެ ބައްދަލުވުމުގައި ނިޒާމް ވަނީ ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވިދާޅުވީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

(ފޮޓޯ ކްރެޑިޓްސް: އެންވައިރޮމަންޓް މިނިސްޓްރީ)
މީގެ އިތުރުން، ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ބައްދަލުވުމުގައި އޭނާ ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގެ ތަޖުރިބާތައްވެސް ހިއްސާކޮށްފައިވާކަމަށެވެ. އަދި ސަރަޙައްދީ ފެންވަރުގައި ޕްލާސްޓިކް ތަޣައްޔަރު ކުޑަކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށެވެ. އަދި ޕްލާސްޓިކް ނައްތާލުމަށް ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަން ހާމަވެގެންދާ ކަމެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
