
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ދެމެދު ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން އެފްއޭއެމުން ކުލަބުތަކުގެ ހިޔާލު ހޯދަން ފަށައިފި އެވެ. އެފްއޭއެމުން މިއަދު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އަންގާފައިވަނީ ޖޫން މަހު ލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާއި އެ މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑް ނެގުމަށާއި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް ކުލަބުތަކުގެ ކުޅުންތެރިން އެދެމުން އަންނަ ކަމަށެވެ. އަދި ސަރުކާރާއި އެފްއޭއެމް ގުޅިގެން ފީފާ އަދި އޭއެފްސީގެ އުސޫލުތަކާ އެއްގޮތަށް މުބާރާތެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. މިހެންވެ މި މުބާރާތް ކުޅެން ޝައުގުވެރިވާ ކުލަބުތަކުން ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ސިޓީ ފޮނުވައިދިނުމަށެވެ.
މި މުބާރާތް ކުޅެން ނިންމާފައިވަނީ މި މަހުގެ ފަހު ހަފުތާއިން ފެށިގެން މޭމަހުގެ ނިޔަލަށެވެ. އަދި މުބާރާތުގައި އޭއެފްސީ ކުލަބު ލައިސަންސިން އާއި ރެލިގޭޝަން ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މިއީ ފުޓްބޯޅަ މުހާރު އޮތް ހާލަތުން އަރައިގަތުމަށާއި ގައުމަށް ރީތިނަން ހޯދައިދިނުމަށް ކޮށްދެވޭނެ މަސައްކަތަކަށްވާނެ ކަމަށެވެ. ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ ނުކުޅޭތާ މިހާރު ދޮޅު އަހަރު ވެއްޖެ އެވެ. އެންމެ ފަހުން ރަސްމީ މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ސީޒަން ނުފެށި ލަސްވެފައިވާއިރު މި އަހަރުގެ ސީޒަން ފަށަން ތިން ފަހަރު ތާރީހު ދީފައިވެ އެވެ. އެންމެ ފަހުން މިމަހުގެ 10ގައި ފަށަން ރާވާފައި އޮތް ސީޒަން ލަސްވީ ފީފާ އާއި އޭއެފްސީން ސީޒަން ފަސްކޮށް، އަންނަ އޮގަސްޓް މަހު ސީޒަން ފަށަން ލަފާދިނުމުންނެވެ. މިއާއެކު ގިނަ ކުލަބުތަކުން ވަނީ ޕްރެކްޓިސް ހުއްޓާލައިފަ އެވެ.
އައު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ސަރުކާރުން ވަނީ ކުލަބުތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
