
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ބަލިމީހުންގެ ރައްކާތެރިކަމުގެ ސަމިޓު ނުވަތަ “ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓު”ގެ ތެރެއިން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ އެހީތެރިކަން ލިބިގެން ގޮސްފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމަކީ އެހެން ޤައުމުތަކުގެ ސިއްޙީ ނިޒާމާ އަޅާބަލާއިރު ވަރަށް ހަގު ނިޒާމެއްކަމަށާއި އިތުރަށް ހަރުދަނާކުރަން ގިނަ ކަންކަން ހުރިކަމަށެވެ. ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 3 އިން 4 އަކަށް ފިލިޕިންސްގައެވެ. މިސަމިޓުގައި ޙާސިލުކުރެވުނު ކަންކަމުގެ މަޢުލޫމާތު ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން ބޭނުންވާކަމަށެވެ. މިފަދަ ސަމިޓުތަކުގައި އަދި ސަމިޓުތަކުގެ ހަވާސާގައި ކުރެވޭ މަސައްކަތްތަކުން ގިނަ ކަންތައްތަކެއް ޙާސިލުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަމިޓުގެ ހަވާސާގައި ރާއްޖެއަށް ދަތިވާ ބައެއް ދާއިރާތަކުން އެހީތެރިކަން ލިބިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ މެޑިސިން ކިޔެވުމަށްފަހު ދިވެހި ޑޮކްޓަރުންނަށް ބޭނުންވާ އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށް ރާއްޖޭގައި ގިނަ ހުރަސްތަކެއް އެބަހުރިކަމަށެވެ. މިސަމިޓުގެ ތެރެއިން ފިލިޕިންސްގެ ޞިއްޙަތާ ބެހޭ ވަޒީރާއެކު ކުރެވުނު މަޝްވަރާގައި މިކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޑޮކްޓަރުން އިތުރަށް ސްޕެޝަލައިޒްވުމަށް ބޭނުންވާ ފުރުސަތުވެސް ފަހިކޮށްދެއްވުމާއިގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ހުޅުމާލެ ހޮސްޕިޓަލް)
މީގެއިތުރުން ފިލިޕިންސްގެ ޕްރައިވެޓް މެޑިކަލް ކޮލެޖަކުން ދިވެހި ޑޮކްޓަރުންނަށް އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް 3 ސްކޯލަރޝިޕްގެ ރަސްމީ ލިޔުން ޙަވާލުކޮށްފައިވާކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑުމެނަށް އެކަމުގެ ރަސްމީ ލިޔުންވެސް ޙަވާލުކޮށްދެއްވި، އަދި މިހާރު ފޮރިންގ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމާއި ހަޔަރ އެޑިއުކޭޝަނާއެކު ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ވަރަށް އަވަހަށް ޢިއުލާންކުރާނެ މި 3 ސްކޯލަރޝިޕްގެ ފުރުސަތަށް.” ވަޒީރު ވިދާޅުވިއެވެ.
ޕޭޝަން ސޭފްޓީ ސަމިޓުގެ ތެރެއިން ރާއްޖޭގެ ޕޭޝަންޓް ސޭފްޓީގެ ދާއިރާ ވަރުގަދަކުރުމަށްވެސް އެހީތެރިކަން ލިބިގެންގޮސްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާގެ ޖަމުޢިއްޔާއެއްކަމުގައިވާ ޖޮއިންޓް ކޮމިޝަން އޮން އިންޓަރނޭޝަނަލްގެ އެހީތެރިކަމާއެކު ރާއްޖޭގެ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ޓެނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އޭޑީބީގެ ސަރަޙައްދީ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށްވެސް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
