
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ޣައްޒާގެ ތިންބައި ކުޅަ ދެބައިން މީހުން ހުސްކޮށް އެ މީހުންގެ ބާރުގެ ދަށަށް އެ ސަރަޙައްދުތައް ގެންގޮސްފައިވާ ކަމަށް އދން ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މި އަހަރުގެ ޖަނަވަރީ މަހު ވަނީ ދެ މަހެއްހާ ދުވަހަަށް މެދުކަނޑާލައިފައެވެ. އެއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި، މާރިޗު މަހުގެ 18ވަނަ ދުވަހު ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ދެކުނާއި އުތުރާއި މެދުތެރޭ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް އިންޒާރު ދެމުންނެވެ. އޭގެ ސަބަބުން ރައްކާތެރި ސަރަޙައްދެއް ހޯދުމަށް ޣައްޒާގެ ރައްޔިތުންނަށް ވަނީ ނިސްބަތުން ކުޑަ ސަރަޙައްދަކަށް ޖަމާ ވުމަށް މަޖުބޫރުވެފައެވެ.
“އަހަރެމެން ދެން ދާނީ ވަކި ކޮންތާކަށް؟ މި ދައްކަނީ ދެ މިލިޔަން މީހުންގެ ވަހަަކަ. އެ މީހުން [ޔަހޫދީން] އެ ދަނީ އަހަރެމެން ފިއްތަމުން،” ދީރުލް ބަލަޙުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ޣައްޒާގެ ރައްޔިތުަކު ބުންޏެވެ. ހަ ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 60 އަހަރުގެ ޒާކިޔާ ސާމީ ބުނީ ޣައްޒާގެ ޝުޖާޢިއްއާގައި ހުންނަ އޭނާގެ ގެ ދޫކޮށް ދިޔުމަށް ޔަހޫދީ ފައުޖު މަޖުބޫރު ކުރުމުން އެ ސަރަޙައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ގެދޮރު ދޫކޮށް ދިޔައިރު ޔަހޫދީ އަސްކަރިއްޔާގެ ބޮޑެތި ޓޭންކަރުތައް އެ ސަރަޙައްދުގެ އުސްބިންތަކަށް ގެނެސްފައިވާ ކަމަށް އޭނާ ބުނެއެވެ. ދަރިންކާއެކު ހިތްހަމަޖައްސާލައި ކުޅިވަރުކުލެވުމަށް ގޮސް އުޅުނު އަލް-މުންތަރު އުސްބިން ވެސް މިހާރު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައި ކަމަށް އޭނާ ބުންޏެވެ. އުސް ސަރަޙައްދުތަކުގައި ޤާއިމުވެ ތިބެ ރަށުތެރޭގައި ހުންނަ ގޭގެއާއި އިމާރާތްތަކަށް ޔަހޫދީ ފައުޖަށް ފަސޭހަކަމާއެކު ޙަމަލާ ދެވޭ ކަމަށް އޭނާ ބުންޏެވެ. ޣައްޒާއަކީ ކުޑަ ސިޓީއެއް ކަމަށާއި ޔަހޫދީން އެއް ދުވަހުން އަނެއް ދުވަހަށް އެ ސިޓީ އިތުރަށް ކުޑަކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެމުންދާއިރު ހުރިހާ ކޮޅަކުން އެ މީހުންނަށް ބޮން އަޅަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އދގެ އިންސާނީ މަސައްކަތްކުރާ އިދާރާ، އޯސީއެޗުއާރުން ބުނީ ޔަހޫދީން ފޭރިގެންފައިވާ ބިމުގެ ސަރަޙައްދުތަކާއި މީހުން ހުސްކުރުމަށް ޢަމުރު ކޮށްފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް ޣައްޒާގެ 65 އިންސައްތަ އޮތީ ޔަހޫދިންގެ ބާރުގެ ދަށުގައި ކަމަށެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޣައްޒާގެ ރަފަޙުން އެކަނި ވެސް 140،000 މީހުން ގެދޮރު ދޫކޮށް ދިޔުމަށް ޔަހޫދީން މަޖުބޫރު ކޮށްފައިވާ ކަމަށް އެހީދޭ ޖަމާޢަތެއް ކަމަށްވާ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީއިން ވަނީ ބުނެފައެވެ. ޙަމާސުން ވަނީ ހަނގުރާމައިގެ ކުރިން 300،00 މީހުންގެ އާބާދީއެއް އޮތް 60 އަކަ ކިލޯމީޓަރުގެ ރަފަޙު ޔަހޫދީން ފޭރިގަތުމުން އެ މީހުންގެ މަޤުސަދަކީ ޣައްޒާގެ ބިމުން ޣައްޒާގެ ރައްޔިތުން ހުސްކޮށް ޣައްޒާގެ އަމިއްލަވަންތަކަން ފުހެލުންކަން ސާފުވެގެންދާ ކަމަށް ބުނެފައެވެ.
ޣައްޒާގެ ރައްޔިތުން ބުަމުން ދަނީ ޔަހޫދީ ފައުޖުން ދާއިމީ ގޮތަކަށް ޣައްޒާގައި ދެމިތިބޭނެ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމަށެވެ. އެ ގޮތުން ޝުޖާޢިއްޔާގެ ބައެއް ސަރަޙައްދުތަކާއި ޚާން ޔޫނިސްއާއި ރަފަޙާ ދެމެދު އޮންނަ ސަރަޙައްދު ސާފުކޮށް އެ ތަންތަނުގައި ޔަހޫދީން ދަނީ އުސް ގާޑު ޕޯސްޓުތައް އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
