
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ސަލާމަތީ ބަފަރެއް ޤާއިމު ކުރުމަށް ޔަހޫދީން ޣައްޒާގެ ދަނޑުބިންތައް ހަލާކު ކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްފައިވާ ކަމަށް ހައްޤުތަކަށް ވަކާލާތު ކުރާ ޔަހޫދީ ޖަމުޢިއްޔާއެއް ކަމަށްވާ ބްރޭކިންގ ދަ ސައިލެންސުން ނެރުނު ރިޕޯޓެެއްގައި ބުނެފިއެވެ. އެ ޖަމުޢިއްޔާއިން ނެރުނު ރިޕޯޓުގައި ޣައްޒާގައި ސަލާމަތީ ބަފަރު ޤާއިމު ކުރުމުގައި ޙަރަކާތްތެރިވި ޔަހޫދީ ސިފައިން ޣައްޒާގައި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ކަމަށް ބުނެ ކިޔައިދީފައިވާ ވާހަކަތައް ހިމަނާފައިވެއެވެ. އެއީ 2023ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2024ވަނަ އަހަރުގެ ފުރަތަމަ ކޮޅާ ހަމައަށް ޣައްޒާގައި ޙަރަކާތްތެރިވި ޔަހޫދީ ސިފައިންނެވެ. އެ ރިޕޯޓުގައި އެ މުއްދަތުގެ ފަހުން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ނިރުބަވެރި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ.
ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބަފަރު ޒޯނަކީ 2024 އަހަރުގެ ޑިސެމްބަރު ހަމައަށް 800 މީޓަރާ 1،500 މީޓަރާ ދެމެދުގެ ސަރަޙައްދަކަށް ޔަހޫދީން ފުޅާ ކޮށްފައިވާ ސަރަޙައްދެެކެވެ. އޭގެ ފަހުން ވޭތުވެފައި މި ވާ ދުވަސްތަކުގައި ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދު އިތުރަށް ބޮޑު ކޮށްފައެވެ. ޔަހޫދީން އެ ސަރަޙައްދު ފުޅާ ކުރަމުން ދަނީ ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތަކަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނާ ދެކޮޅަށް ޖިހާދީ ޙަމަލާއެއް ދީފައި ވާތީ، އެ ފަދަ ޙަމަލާއެއް ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް ބުނެއެވެ. ޙަމާސުން އެ ޙަމަލާ ދީފައި ވަނީ ކުރިން އޮތް 300 މީޓަރުގެ ސަރަޙައްދެއްގެ ގޮތުގައި އޮތް ބަފަރު ޒޯނު ހުރަސް ކޮށް ޔަހޫދީން ދިރިއުޅޭ ސަރަޙައްދަކަށް ވަނުމަށް ފަހުގައެވެ. ޔަހޫދީންގެ ހަތިޔާރު އެޅި ފައުޖު، އަރމަރޑް ކޯޕްސްގެ ކެޕްޓަނަކަށް ހަވާލާ ދީ ރިޕޯޓުގައި ބުނެފައި ވަނީ ޣައްޒާއާއި އިޒްރޭލާ ގުޅޭ ސަރަޙައްދީ ރޮނގު އޮންނަ ހިސާބަކީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ސަރަޙައްދެއް ކަމަށާއި އެ ސަރަޙައްދަށް ވަންނަ ކޮންމެ މީހަކު މެރުމަށް ޔަހޫދީން ޙަމަލާ ދޭ ކަމަށެވެ. އެ ސަރަޙައްދަށް ވަނުން ފަލަސްޠީނުގެ ރައްޔިތުންނަށް މަނާ ކަމަށާއި އެ ސަރަޙައްދަށް ވަންނަ މީހުން ޢާންމުކޮށް މަރާލާ ކަމަށް އޭނާ ބުނެފައިވެއެވެ. އެ މީހުންނާމެދު ޢަމަލު ކުރަނީ އެ ވަގުތު އެ ސަރަޙައްދުގައި ހުންނަ އިސް ކޮމާންޑަރު ބޭނުން ގޮތަކަށް ކަމަށާއި ޖަވާބުދާރީވުމުގެ އެއްވެސް ސިޔާސަތެއް ނޯންނަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ބަފަރު ޒޯނު އެންމެ ފުރަތަމަ ޤާއިމު ކުރަން ފެށި ދުވަސްވަރު ޔަހޫދީ ފައުޖުން ބުލްޑޯޒަރާއި އެސްކެވޭޓަރު ފަދަ ބަރު އުޅަނދާއި، މައިނާއި ގޮވާތަކެތި ބޭނުން ކޮށްގެން އެ ސަރަޙައްދުގައިވާ 3،500އަށްވުރެ ގިނަ އިމާރާތް ބިމާ ހަމަކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ދަނޑުވެރިކަމަށް ބޭނުން ކުރާ ސަރަޙައްދުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަޙައްދުތައް ވެސް ސުންނާފަތި ކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެއީ ހަނގުރާމައިގެ ޙާލަތް ނިމުމަކަށް އައުމުން ޣައްޒާ އަލުން ބިނާ ކޮށް އާރާސްތު ކުރުމަށް މުހިންމު ތަންތަނެވެ. ހައްޤުތަކަށް ވަކާލާތު ކުރާ އެހެން ޖަމުޢިއްޔާއެއް ކަމަށްވާ ގީޝާއިން ވެސް ޣައްޒާގެ 35 އިންސައްތަ ދަނޑުބިންތައް ޔަހޫދީން ހަލާކު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުުރަަށް ބުނީ އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނުހުންނާނެ ކަމަށާއި އެ ސަރަޙައްދުގައި ކުރިން ހުރި ހުރިހާ އިމާރާތަކާއި ބިނާތައް ޔަހޫދީން ސުންނާފަތި ކޮށްފައިވާ ކަމަށެވެ. އަރމަރޑް ކޯޕްސަށް ނިސްބަތްވާ ޔަހޫދީ ސިފައިންގެ މީހެއް އެ ސަރަޙައްދު ސިފަ ކުރީ ހިރޮޝިމާގެ ގޮތުގައެވެ. ހިރޮޝިމާއަކީ 1945ގައި، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އެޓޮމިކް ބޮމެއް ވައްޓާލުމުން ބިމާހަމަވި ޖަޕާނުގެ ސިޓީއެކެވެ. އެ ސަރަޙައްދު ސުންނާފަތި ކޮށްފައި ވަނީ އަސްކަރީ ބޭނުމަށް އެ ސަރަޙައްދު ބިމާ ހަމަކުރަން ޖެހޭ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ޔަހޫދީ ފައުޖުގެ ސިފައިންގެ މީހެއް ބުނެފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ ޒައިތޫނި ދަނޑުތަކާއި ބައްޓާއި ކޮލީފްލާވާ ހައްދާފައިވާ ދަނޑުތައް ކޮނެ އެ ދަނޑުބިންތައް ހަލާކު ކުރި ކަމަށް ވެސް ބައެއް ސިފައިން ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮކާކޯލާ އުފައްދާ ކާރުޚާނާއަކާއި ބޭސް އުފައްދާ ކާރުހާނާއެއް ހިމެނޭ ގޮތަށް ސިނާޢީ ގިނަ ސަރަޙައްދުތަކެއް ވެސް ސުންނާފަތި ކުރި ކަމަށް ބުނެފައިވެއެވެ. އެ ތަންތަނަކީ މިހާރު ގައު ފުނިތަކެއް ކަމަށް އެ މީހުން ސިފަ ކޮށްފައިވެއެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 62،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނަތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވާ އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
