
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ޙޫޡީންނާ ދެކޮޅަށް ޔަމަނުގެ އެކި ހިސާބުތަކަށް ވައިގެ ޙަމަލާތައް ދެމުންދާއިރު، ރޭގެ ވަގުތެއްގައި ވަނީ ވެރިރަށް ސަންޢާގެ ބައެއް ހިސާބުތަކަށް ދިން ވައިގެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެފައިވާ ކަމަށް ޔަމަނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. ސަންޢާއަށް އިއްޔެ ދިން ޙަމަލާތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ގެއަކަށް ޙަމަލާއެއް އަމާޒުވެ، 20 މީހުން ޒަޚަމްވެފައިވާއިރު، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކުގެ ހިމާޔަތުގައި ކަމަށް ބުނެ، އެމެރިކާއިން ޙޫޡީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަން ފެށީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ކަމުގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ޙަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ހޫޘީންނާ ދެކޮޅަށް މިހާތަނަށް 200 އަށް ވުރެ ގިނަ ވައިގެ ޙަމަލާ ދީފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެ ޙަމަލާތަކުގައި ހޫޘީންގެ އަސްކަރީ މަރުކަޒުތަކާއި ހަނގުރާމަވެރިންގެ އިތުރުން، އާންމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ވަނީ ޝަހީދުވެފައެވެ. ނަމަވެސް، އެމެރިކާއިން ދޭ ޙަމަލާތަކުގެ ސަބަބުން ފަހަތަށް ނުޖެހި، ޣައްޒާގެ ހައްޤުގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޙަމަލާ ދޭނެ ކަމަށް ހޫޡީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
