
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު ދުނިޔޭގެ މާލީ ބާޒާރުތަކާއި ހިއްސާގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި، ބޭރު ޤައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނު ކުރައްވާފައިވާ ޑިޔުޓީތަކަކީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު “ފަރުވާ”އެކެވެ. އަދި، ޑިޔުޓީތަކަށް ލުއިދެވޭނީ ޤައުމުތަކުން އެމެރިކާއަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުން ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު އެންމެ ބޮޑަށް ލޮޅުން އަރާފައިވާ މާލީ ބާޒާރުތަކާއި ހިއްސާގެ ބާޒާރުތަކުގެ ތެރޭގައި އޭޝިޔާގެ ޤައުމުތަކުގެ ބާޒާރުތައް ހިމެނެއެވެ. އަދި، ވިލާތުގެ ޤައުމުތަކުގެ ބާޒާރުތަކަށް ވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ވިލާތުގެ ޤައުމުތަކުގެ ހިއްސާގެ ބާޒާރުތަކުގައި އަގުތައް، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ވެއްޓިފައި ނުވާ މިންވަރަކަށް ވަނީ ވެއްޓިފައެވެ. އަދި، ތެލުގެ އަގު އުފުލި، އިންވެސްޓަރުންނަށް ވަނީ ބިރަކާ ކުރިމަތިވެފައެވެ. އިޤުތިޞާދީ މާހިރުން ބުނީ ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދާނެ ކަމުގައެވެ. އަދި، މުދަލަށް އޮތް ޑިމާންޑު ވެއްޓި، ދުނިޔޭގެ އިޤުތިޞާދަށް ‘ރިސެޝަނެއް’ ނުވަތަ މަޑުޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.
ވިލާތުގެ އިތުރުން ޗައިނާގެ ބާޒާރުތަކަށް ލޮޅުން އެރުން
ޓްރަމްޕްގެ ނިންމެވުމާ އެކު ބޮޑެތި ލޮޅުންތަކެއް އިހުސާސްވެފައިވާ ބާޒާރުތަކުގެ ތެރޭގައި ޗައިނާއާއި ހޮންގކޮންގގެ ހިއްސާގެ ބާޒާރު ހިމެނެއެވެ. އެ ލޮޅުންތައް ފޫބެއްދުމަށް ޗައިނާއަށް ވަނީ އެ ޤައުމުގެ ސޮވެރެން ފަންޑުން ހޭދަ ކުރުމަށް މަޖުބޫރުވެފައެވެ. އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީއަށް ބޮޑު ކުރުމާ ގުޅިގެން، އެ ކަމަށް ރައްދު ދިނުމާ މެދު ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ވަޒީރުން ދަނީ ވިސްނަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އޭޕްރިލް 7ވަނަ ދުވަހު އީޔޫގެ މާލީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް ބާއްވާނެއެވެ. އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކަށް ވާނީ، އެ ޤައުމުތަކުގެ އިޤުތިޞާދަށް ހީނަރުކަން ނާންނާނެ މޭރުމަކުން އެމެރިކާއާ ދެކޮޅަށް ވެސް ފިޔަވަޅުތަކެއް އެޅުމާ މެދު ގޮތްތަކެއް ނިންމުމެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު އެމެރިކާގެ އިޤުތިޞާދު މަޑުޖެހިގެންދާނެ ކަމުގައި ވެސް އިޤުތިޞާދީ ދާއިރާގެ މާހިރުން ހާމަކުރިއެވެ. މި ގޮތުން، ދުނިޔޭގެ އެންމެ ބޮޑެތި އިންވެސްޓްމެންޓް ބޭންކުތަކުގެ ތެރޭގައި ހިމެނޭ ގޯލްޑްމަން ސެކްސުން ބުނީ، ކުރިއަށް އޮތް 12 ވަރަކަށް މަހުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު މަޑުޖެހިގެން ދިޔުމުގެ ފުރުޞަތު %45އަށް އުފުލިފައިވާ ކަމުގައެވެ. އެމެރިކާގެ އިޤުތިޞާދު %0.3އިން ދަށަށް ދާނެ ކަމުގައި ޖޭޕީމޯގަނުން ވެސް ވަނީ އިންޒާރު ކޮށްފައެވެ.
ޓްރަމްޕްގެ އެއްވެސް ފަރުވާލެއް ނެތް
ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެ އިންޒާރުތަކާ މެދު އެއްވެސް ފަރުވާލެއް ނެތް ކަމުގައެވެ. އަދި، ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ލޮޅުންތަކާއި، ގެއްލެމުންދާ އެތަކެއް ޓްރިޔިލަން ޑޮލަރަކާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމުގައެވެ. “އެއްވެސް އެއްޗެއް [އަގުތައް] ދަށްވުމަކަށް އަޅުގަނޑު ނޭދެން. ނަމަވެސް، ބައެއް ފަހަރު، ކަންކަން ޙައްލު ކުރުމަށް މި ފަދަ ފަރުވާތައް ބޭނުން ކުރަން ޖެހޭނެ،” އޭނާ ވިދާޅުވިއެވެ. ބައެއް ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %50އަށް ބޮޑު ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފަައެވެ. އޭނާ ވިދާޅުވީ، އެ ކަންކަމަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ވިލާތާއި އޭޝިޔާގެ ޤައުމުތަކުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ. “އެ މީހުން [ޤައުމުތަކުގެ ވެރިން] ބޭނުމީ މަޝްވަރާ ކުރަން، ނަމަވެސް މަޝްވަރާ ކުރެވޭނީ ކޮންމެ އަހަރަކު ވެސް [އެމެރިކާއަށް] ބޮޑު އަގެއް ދައްކައިގެން،” އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ނިންމެވުމާ މެދު ގިނަ ޤައުމުތަކަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ ޗައިނާއިން ވަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އެމެރިކާގެ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުމަށް ނިންމާފައެވެ. ޗައިނާގެ އިތުރުން ތައިވާނުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެސް %10ން ދަށަށް ގޮސްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ އިތުރުން، ވިލާތުގެ ބާޒާރުތަކުގެ ދިފާޢީ ދާއިރާގެ ހިއްސާތަކުގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
