
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރެއާލް މެޑްރިޑުގެ ހުރިހާވެސް ވިސްނުމެއް މި ވަގުތު ހުރީ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނެފައިވަނީ ދަނޑުން ބޭރުގައި އެ ކްލަބާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެކަމާއި މެދު މިވަގުތު ވިސްނަން ބޭނުންނުވާ ކަމަށެވެ. “ދަނޑުން ބޭރުގައި އަބަދުވެސް ފާޑު ކިޔާނެ. އަދި އެކަމާއިމެދު މިހާރު ވިސްނުމެއް ނެތް. ވެލެންސިއާ އަތުން ބަލިވި މެޗަށްފަހު ރަގަޅު ކުރަންޖެހޭ ކަންތައްތައް ރަގަޅުކޮށް މިހާރުގެ ހުރިހާވެސް ވިސްނުމަކީ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗު.” އަންޗެލޮޓީ ބުންޏެވެ.
ރެއާލް މެޑްރިޑުން ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ ސަޕޯޓަރުންގެ ފާޑުކިއުންތަކާއި ކޯޗަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަންޗެލޮޓީ އިތުރަށް ބުނެފައިވަނީ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗަކީ މުހިންމު މެޗެއް ކަމަށާއި ނަމަވެސް އަދި ހަފްތާއެއް ފަހުން އިތުރު 90 މިނިޓު ކުޅެން ޖެހޭނެ ކަމަށެވެ. “މިރޭގެ މެޗަކީ އަދި ނަތީޖާ ނެރޭނެ މެޗެއް ނޫން. މި މެޗަށްފަހު އަންނަ ހަފްތާގައި ބަރނަބިއުގައި އިތުރު 90 މިނިޓު ކުޅޭނެ. ނަމަވެސް މި މެޗަކީވެސް ވަރަށް މުހިންމު މެޗެއް.” އިޓަލީއަށް އުފަން ކޯޗު ބުންޏެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ކޯޗު އަންޗެލޮޓީ ވަނީ އިދިކޮޅަށް ނިކުންނަ އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާއަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އޭނާ އެވަޓަންގެ ކޯޗު ކަމާއި މީގެ ފަސް އަހަރު ކުރިން ހަވާލުވިއިރު އާސެނަލް އާއި ހަވާލުވެ ފަސް އަހަރުގެ ތެރޭގައި ޔޫރަޕްގެ ގަދަ ބާރަކަށް އާސެނަލް ހަދާފައިވާކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދާފައިވަނީ އެންމެ ދެ މެޗުން ބަލިވެގެންނެވެ. އަދި މި ސީޒަނުގައި އެފަދަ ނަތީޖާތަކެއް އެ ޓީމަށް ހޯދިފައެއް ނުވެއެވެ. ލަލީގާގައި މިހާތަނަށް އެ ޓީމު ވަނީ ފަސް މެޗު ބަލިވެފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް މެޗުން މެންޗެސްޓަރ ސިޓީ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
