
މި އަހަރު ރާއްޖޭގެ ފެތުންތެރިން ބައިވެރިވާ އެންމެ މުހިންމު ދެ މުބާރާތުގެ ޓްރަޔަލް މިއަދު އޮންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. މިއަހަރު ރާއްޖޭއިން ވާދަކުރާ އެންމެ މުހިންމު ބައިނަލްއަގުވާމީ ދެ މުބާރާތަކީ ޖުލައި މަހު ފަހުކޮޅު ސިންގަޕޫރުގައި އޮންނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕާއި، އޮގަސްޓް މަހު ތެރޭގައި ރުމޭނިއާގައި އޮންނަ ވޯލްޑް ޖުނިއަރ އެކުއަޓިކްސް ޗެމްޕިއަންޝިޕެވެ. މި ދެމުބާރާތައް ދާނެ ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކާ ގުޅޭ ގޮތުން “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ މިއީ އިއުލާންކޮށްގެން ބާއްވާ ޓްރަޔަލްތަކެއް ކަމަށެވެ.
މިޓްރަޔަލްގެ ނަތީޖާތަކަށް ބެލުމަށްފަހު އަލަށް ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އިސްމާޢީލް ފާހަގަކުރެއްވއެވެ. “މި ޓްރަޔަލް ހުރިހާ ފެތުންތެރިންވެސް ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން، ހުސްވި ރަމަޟާން މަހުވެސް ވަރަށް ރަނގަޅަށް ގަވާއިދުން ޓެރޭނިންގްތައް ކުރިއަށް ގެންދިޔަ.” އިސްމާޢީލް ވިދާޅުވިއެވެ. ޓްރަޔަލްގެ ނަތިޖާއިން މި ދެ މުބާރާތައް ފެތުންތެރިން ހޮވިގެންދާއިރު އޭގެތެރެއިން ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވަކި އުމުރެއް ނެތްކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޖޫނިއަރ މުބާރާތުގައި ބައިވެރިވެވޭނީ 2007 ވަނަ އަހަރާއި 2011 ވަނަ އަހަރުން ފެށިގެން އުފަންވެފަ ތިބި ކުދިންނަށްކަން އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕާއި، ވޯލްޑް ޖުނިއާ އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ ޓްރަޔަލްތައް ހުޅުމާލެ ސްވިމިން ޕޫލުގައި ކުރިއަށް ދާނީ މިމަހުގެ 8 އިން 11 ގެ ނިޔަލަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
